
ފްރާންސްގެ ޕީއެސްޖީ ދޫކޮށް ކީލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމުން ހިތާމަނުކުރާ ކަމަށް ޕީއެސްޖީގެ ރައީސް އަދި ގަތަރުގެ މަހުޖަނު ނަސީރު އަލް-ޚެލައިފީ ވިދާޅުވެއްޖެއެވެ. ޚެލައިފީ ވިދާޅުވީ އެމްބާޕޭއަށް އަބަދުވެސް ކާމިޔާބީއަށް އެދޭ ކަމަށާއި، އެކަމަކު އޭނާ ޕީއެސްޖީ ދޫކޮށް ދިއުމަކުން އެކަމާ ދެރަނުވާ ކަމަށެވެ. އަދި އެމްބާޕޭ ނިންމީ އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމަށާއި، އެކަަމަކު އެމްބާޕޭ ނެތި އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި ނަސީބު އެހީތެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
“އޭނާ އަށް އަހަރެން އަބަދުވެސް ކާމިޔާބީ އަށް އެދެން. އޭނާ މި ކުލަބުން ދިއުމަކުން އަހަރެން ދެރަ އެއް ނުވޭ. އޭނާ ނިންމީ އޭނާ އަށް އެންމެ ރަނގަޅު ގޮތް. އަހަރުމެން މި ވަނީ އޭނާ ނެތި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި. އޭނާ ނެތި އަހަރުމެންނަށް މި ވަނީ ނަސީބު އެހީތެރިވެފައި،” އަލް ހަލައިފީ ވިދާޅުވި އެވެ. ޚެލައިފީ އިތުރަށް ވިދާޅުވީ ފީފާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އެމްބާޕޭއާ ދެކޮޅަށް ކުޅެން ޖެހުމަކީ ހާއްސަ ކަމެއް ކަމަށެވެ.
ސްޕެއިނުގެ ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ. މި މެޗުގައި އެމްބާޕޭއަށް ދުނިޔޭގެ ކަޅި އަމާޒުވާއިރު މިއީ ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީ އާއި ކޯޗު ލުއިސް އެންރީކޭ އަށް ވެސް ހާއްސަ މެޗެކެވެ. މި ދެ މީހުންނަކީ ވެސް ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިންނެވެ. ނަމަވެސް ރެއާލް ދޫކޮށް އެންމެ ވާދަވެރި ބާސެލޯނާ އަށް ބަދަލުވެ އެންރީކޭ އެ ކުލަބުގެ ކެޕްޓަން ކަމާއި ކޯޗުކަން ވެސް ކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާތީވެ ރެއާލްގެ ސަޕޯޓަރުން އޭނާ އަކީ އެ ކުލަބުގެ މީހެއް ކަމަށް ނުދެކެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
