
ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ މަރުވި ހާދިސާ ހިނގީ މާ ބާރަށް ކާރު ދުއްވުމުން ކަމަށް ސްޕެއިން ފުލުހުން ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ސްޕޭނުގެ ޒަމޯރާގައި ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ މަރުވީ އެ ދެ މީހުން ދުއްވި ކާރުގެ އެހެން ވެހިކަލެއް އޯވަޓޭކް ކުރަން އުޅެނިކޮށް ފުރޮޅު ހަލާކުވެ ވި އެކްސިޑެންޓެއްގައި ކާރުގައި ރޯވެގެންނެވެ. ސްޕޭނުގެ ފުލުހުން ބުނީ މިހާތަނަށް ކުރި ޓެސްޓްތަކުން ޔަގީން ވަނީ ދުއްވަން ޖެހޭ ވަރަށް ވުރެ ބާރަށް ކާރު ދުއްވާފައިވާ ކަމަށެވެ. މިކަން ދެނެގަނެވުނީ މަގުމަތީގައި ހުރި ނިޝާންތަކުންނާއި އެ ދެ މީހުން ދުއްވި ލަމްބޯގިނީ ކާރުގެ ފުރޮޅުގެ ބައިތަކުން ކަމަށެވެ.
ފުލުހުންނާ ހަވާލާދީފައިވާ ބައެއް ރިޕޯޓްތަކުން ބުނަނީ ކާރު އެކްސިޑެންޓްވިއިރު ދުއްވަން އިނީ 28 އަހަރުގެ ޖޮޓާ ކަމަށެވެ. ނަމަވެސް މިކަން މުޅިން ކަށަވަރެއް ނުވެ އެވެ. ސްޕޭނުގެ ފުލުހުން ބުނެފައިވަނީ ޖޮޓާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ހަދަމުންދާ އޮޓޮޕްސީ ރިޕޯޓް މުޅިން ނިމޭނީ އަދި ދުވަސްކޮޅެއް ފަހުން ކަމަށެވެ. އޭނާ މަރުވިއިރު ތިން ކުދިންނާއި އަންބަކު ތިއްބެވެ. ކައިވެނިކުރީ މީގެ ދެ ހަފުތާ ކުރިންނެވެ. ޖޮޓާގެ ޖަނާޒާ ބާއްވާފައިވަނީ އޭނާގެ އުފަން ގައުމު ޕޯޗުގަލް އަށް ހަށިގަނޑު ގެންގޮސްގެންނެވެ.
މި މަރުގެ ހާދިސާއާ ގުޅިގެން ލިވަޕޫލްގެ ފަރިތަކުރުންތައް ވެސް ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް މި ހަފުތާގައި އަންނަ ސީޒަނަށް ތައްޔާރުވާން ފަށަން ވަނީ ނިންމާފަ އެވެ. ޖޮޓާ ކާރުގައި ޕޯޗުގަލްއިން ސްޕޭނަށް ދަތުރު ކުރީ އޭނާ ކުރި ކުޑަ އޮޕަރޭޝަނަލކަށް ފަހު ފްލައިޓް ދަތުރު ކުރުން ޑޮކްޓަރުން މަނާކޮށްފައި އޮތުމުންނެވެ. އޭނާ މަސައްކަތް ކުރީ ސްޕޭނުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދިއުމަށް އެތަނުން ލިވަޕޫލަށް ދަތުރު ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
