
އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާދަމާ ފްރާންސާ ދެކޮޅަށް ކުޅެން ތައްޔާރުވަނިކޮށް ވޭލްސް ޓީމު ދަތުރުކުރި ބަސް އެކްސިޑެންޓުވެއްޖެއެވެ. ވޭލްސް ޓީމުން ބުނީ ބަސް އެކްސިޑެންޓްވީ އަންގާރަ ދުވަހު ފަރިތަކުރުންތަކަށް ދިއުމަށް ދުއްވަމުން ދަނިކޮށް ކަމަށެވެ. މި ހާދިސާ ހިނގުމުން ޕްރެކްޓިސް ނުބާއްވަން ނިންމީ ކަމަށެވެ. އަދި ބަހުގައި ތިބި އޮފިޝަލުންނާއި އެއްވެސް ކުޅުންތެރިއަކަށް ވެސް އަނިޔާ އެއް ނުވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ކޯޗު ރިއަން ވިލްކިންސަން އާއި ކެޕްޓަން ޖޭމްސް ދަތުރު ކުރަމުން ދިޔައީ ވަކިން ކާރެއްގަ އެވެ. ނަމަވެސް ވިލްކިންސަން ބުނީ އެންމެ މުހިންމު ކަމަކީ ކުޅުންތެރިންގެ ސަލާމަތްކަން ކަމަށާއި ޕްރެކްޓިސް ނުބާއްވަން ނިންމީ އެންމެނަށް ވެސް ލިބުނު ހައިރާން ކަމުގެ ސަބަބުން ކަމަށެވެ.
ސްވިޒަލޭންޑްގައި މިހާރު ކުރިއަށް ދާ މުބާރާތުގައި މި ދެ ޓީމު ކުޅޭ މެޗަކީ ވޭލްސް އަށް ވަރަށް މުހިންމު މެޗެކެވެ. މެޗުން މޮޅުވެގެން ނޫނީ އެ ގައުމަށް މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭކަށް ނެތެވެ. އެއީ ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން 3-0އިން ބަލިވުމުންނެވެ. މުބާރާތުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން މޮޅުވީ އިނގިރޭސިން އަތުން 2-1އިންނެވެ. މިހެންވެ ގްރޫޕުގެ ކުރީގައި ވަނީ ތިން ޕޮއިންޓާއެކު ނެދަލޭންޑްސް އާއި ފްރާންސެވެ. އިނގިރޭސިންނާއި ވޭލްސް އަށް ޕޮއިންޓެއް ނުލިބެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
