
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާ ނުގުޅޭ ޒާތުގެ އެއްވެސް އަމަލެއް ކުންފުނިން ކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެކުންފުނިން އެފަދައިން ވިދާޅުވެފައިވަނީ ރާއްޖޭޓީވީން މިއަދު އާންމުކޮށްފައިވާ ވީޑިއޯއެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން އެމްއޭސީއެލްއިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިސްރާއީލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ ފަތުރަމުން އަންނަ ދޮގު ވާހަކައާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެމްއޭސީއެލްއަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް އަމަލެއް މިކުންފުނިން ކޮށްފައި ނުވާނެ ކަމާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ. “ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިސްރާއީލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި މި ކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައެއްނުވާނެ. ވަކިން ހާއްސަކޮށް، ރާއްޖެޓީވީއިން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަން.” އެމްއޭސީއެލް އިން ވިދާޅުވިއެވެ.
ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު އެވާހައަކީ އެއްވެސް އަސްލެއް ނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމުން، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކުންފުނިން ވަނީ ނޫސްވެރިކަމުގެ ގިއުގަނޑުތަކުގެ ތެރޭގައި ތެދު ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް ރާއްޖެޓިވީއަށް އިލްތިމާސްކޮށްފައެވެ. “އެނގިވަޑައިގަންނަވާނެ ފަދައިން، އެމްއޭސީއެލްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، އެމްއޭސީއެލްއާ މެދު މިފަދަ ސާބިތު ނުހިފޭ، ހަގީގަތާއި ހިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް މި ކުންފުނިން މިގެންދަނީ ބަލަމުން” އެމްއޭސީއެލްއިން ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، އެ މައްސަލަ ރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ޤާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެމައްސަލަ ހުށައެޅުމަށްޓަކައި ކުންފުނިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖެ ޓީވީގެ މި ވާހަކަތަކާ ގުޅިގެން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން “ވަގުތަށް” މިރޭ ވިދާޅުވީ އާ ޓާމިނަލް ހުޅުވާ ދުވަހުގެރޭ ހަވާ އެރުވުމުގެ ކަންކަން ކުރިއަށް ގެންދާނީ އެމްއެންޑީއެފް އަދި މަޝްހޫރު ބައެއް އެހެން ކުންފުނިތައް ގުޅިގެން ކަމަށެވެ. “ޓާމިނަލް ހުޅުވާ ހަފްލާގެ ކަންތައް އިސްރާއީލުން ފަންޑުކުރާ ކުންފުންޏަކާ ހަވާލުކުރި ވާހަކަ އެއީ ވަރަށް ބޮޑު ދޮގެއް. ހަވާ އެރުވުން ވަރަށް ބޮޑުކޮށް އެބައޮތް، ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފާ ގުޅިގެން އަދި އެއާއެކު ވަރަށް ތަފާތު ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏަކާވެސް އެއްކޮށް އެބަ ކުރިޔަށް ގެންދަން. އެއްގޮތަކަށްވެސް އިސްރާއީލަށް ވާގިވެރިވާ އެއްވެސް ބަޔަކާއެކީ އެމްއޭސީއެލް އިން ހަވާލު ނުކުރާނެ.” ލަމްއާން ވިދާޅުވިއެވެ.
ލަމްއާން ވިދާޅުވީ، އިސްރާއީލްއާ އެއްވެސް ގުޅުމެއް އޮންނަ ކުންފުންޏަކާ އެމްއޭސީއެލް އިން އެއްވެސް ކަމެއް ހަވާލެއް ނުކުރާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
