
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ޤައުމީ އެއަރލައިން މޯލްޑިވިއަންއިން މިމަހު ފަހުކޮޅު ޢުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން ވިދާޅުވީ މިއަހަރުގެ ޙައްޖު މޫސުމުގައި އެ ކުންފުނިން ކުރި ދަތުރުތަކާއި ގުޅިގެން ގިނަ އަދަދެއްގެ ޢުމްރާ ކުންފުނިތަކަކުން ޢުމްރާ ދަތުރުކޮށްދޭން އެދެމުންދާކަމަށެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ގެންދިއުމަށް ސައުދީއަށް 2 ދަތުރުކޮށްފައެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މޯލްޑިވިއަންއިން ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހުގެ ފަހުކޮޅު ޢުމްރާ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މުޅި އަހަރަށް ބަހާލައިގެން މިއަހަރުގެ ތެރޭގައި ޢުމްރާ ދަތުރު ކުރާނެކަމަށް އިޔާސް ވިދާޅުވިއެވެ.
“މިމަހު ފަހުކޮޅު އަލަށް އުމްރާގެ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ މިމަހު ފަހު ހަފްތާގައި އަޅުގަނޑުމެން ފްލައިޓްސްތަކެއް އެބަ އަޅަން އުމްރާއަށް އަދި މިއަހަރުގެ އެކި މުއްދަތުތަކުގެ ތެރޭގައިވެސް އުމްރާ ދަތުރުތައް ކުރަމުންދާނަން.” އިޔާސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއްގައި ދަތުރުކުރުމުގެ ފުރުސަތު ހައްޖާޖީންނަށް ލިބުމާ ގުޅިގެން ބައެއް ހައްޖާޖީން ވަނީ އެކަމުގެ ޝުއޫރުތައް ހިއްސާކޮށްފައެވެ. ގައުމީ އެއަރލައިންގައި މިފަދަ އަޅުކަމެއް އަދާކުރުމަށް ދިއުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާވާކަމެއްކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މޯލްޑިވިއަންގެ ފްލައިޓްތަކަކީ ޑައިރެކްޓް ފްލައިޓްތަކަކަށްވުމުން ވަގުތު ސަލާމަތްވެއެވެ. އަދި މިއީ ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި އެ ހައްޖާޖީން ފާހަގަކުރިއެވެ.

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މޯލްޑިވިއަންއިން ވިދާޅުވީ ޢުމްރާ ދަތުރުތައް ކުރުމަށް އަދި ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏަކަށް ކަމަށެވެ. މޯލްޑިވިއަންއިން ޙައްޖު ކޯޕަރޭޝަނަށް ކޮށްދޭ ޢުމްރާ ދަތުރުތައް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ. މޯލްޑިވިއަންއިން ޢުމްރާ ދަތުރުކުރަނީ މިއަހަރު އެ ކުންފުންޏަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގައެވެ. މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. މިއާއިއެކު އިތުރު މަންޒިލްތަކަށް އެ ކުންފުނީގެ ދަތުރުތައް ފުޅާކުރުމަށް އެހީތެރިވެދޭނެކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
