
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަތް ކަނޑު ހުރަސްކޮށް ޒަޔަނިސްޓު އިސްރާއީލަށް މުދާ އުފުލުމުގައި ހަރަކާތްތެރިވަމުން ދިޔަ އާގުބޯޓަކަށް ޙަމަލާދީ ފައްތައިލާފައިވާނެ ކަން ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޠީން ހާމަކޮށްފިއެވެ. އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެހެން އުޅަނދަކަށް ވެސް ޙަމަލާ ދީފައިވާނެ ކަމުގައި ޙޫޘީން ބުނެފައިވާއިރު، ފެތިފައި ވަނީ ‘އެމްވީ މެޖިކް ސީސް’ގެ ނަން ދީފައިވާ އުޅަނދެކެވެ. އެއީ، ގްރީސްގެ ކުންފުންޏަކުން އޮޕަރޭޓު ކުރާ ލައިބީރިޔާގެ އުޅަނދެކެވެ. މެޖިކް ސީސްއަކީ މި އަހަރުގެ ތެރޭގައި ޙޫޘީން ދީފައިވާ ޙަމަލާތަކުގައި ފެތުނު ފުރަތަމަ އުޅަނދެވެ. އެ އުޅަނދު އޮޕަރޭޓު ކުރާ ގްރީސްގެ ކުންފުނި، ސްޓެމް ޝިޕިންގްއިން ބުނީ، އުޅަނދު ފެތިފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައެވެ. އެ އުޅަނދަށް ޙޫޘީން ޙަމަލާ ދީފައި ވަނީ ބަޑިއާއި ރޮކެޓުގެ އިތުރުން ޔޫއެސްވީއެއް ނުވަތަ ކަނޑުގައި ދަތުރު ކުރާ ޑްރޯންތަކެއް ބޭނުން ކޮށްގެންނެވެ.
ޙޫޘީން ބުނީ، އެ އުޅަނދު ފައްތައިލުމުގެ ކުރިން އޭގައި ތިބި 22 ފަޅުވެރިން ސަލާމަތް ކުރުމުގެ ފުރުޞަތު ދީފައިވާނެ ކަމުގައެވެ. ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ކަނޑަށް ފޭބި އެ މީހުން ސަލާމަތް ކޮށްފައި ވަނީ އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެހެން އުޅަނދަކުންނެވެ. އެ އެންމެން ރައްކާތެރި ކަމާ އެކު ޖިބޫޓީއަށް ދަތުރު ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މެޖިކް ސީސަކީ ޒަޔަނިސްޓު އިސްރާއީލަށް މުދާ ހިފައިގެން ދަތުރު ކުރަމުން ދިޔަ އުޅަނދެއް ކަމުގައި ޙޫޘީން ބުނި ނަމަވެސް، އެ އުޅަނދު އޮޕަރޭޓު ކުރާ ކުންފުނިން ބުނީ، އެއީ ދަގަނޑާއި ގަސްކާނާ ބަރުކޮށްގެން ޗައިނާއިން ތުރުކީވިލާތަށް ދަތުރު ކުރަމުން ދިޔަ އުޅަނދެއް ކަމުގައެވެ.
އެޓަރނިޓީ ސީގެ ދެ ފަޅުވެރިން ޒަޚަމުވެ، އިތުރު ދެ މީހުން ގެއްލުން
ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރަމުން ދިޔަ އެހެން އުޅަނދަކަށް ވެސް ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގެ ފަހަތުގައި ވެސް އޮތީ ޙޫޘީން ކަމަށް ބެލެވޭއިރު، އެ ޖަމާޢަތުން ޙަމަލާތަކުގެ ޒިންމާ އުފުލާފައެއް ނެތެވެ. އެއީ ވެސް ގްރީސްގެ ކުންފުންޏަކުން އޮޕަރޭޓު ކުރާ އުޅަނދެކެވެ. ޙަމަލާތަކުގައި އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން ދެ މީހަކު ޒަޚަމުވެ، އިތުރު ދެ މީހަކު ގެއްލިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޙަމަލާތައް އަމާޒު ކޮށްފައިވާ އުޅަނދަކީ ‘އެޓަރނިޓީ ސީ’ގެ ނަން ދީފައިވާ އުޅަނދެކެވެ. އެ އުޅަނދުގައި 22 ފަޅުވެރިން ދަތުރު ކުރަމުން ދިޔައިރު، އޭގެ ތެރޭގައި ހިމެނެނީ ފިލިޕީންސްގެ 21 ފަޅުވެރިންނާއި ރަޝިޔާގެ ރައްޔިތެކެވެ. އެ އުޅަނދަށް ޙަމަލާ ދިނުމަށް ޔޫއެސްވީ ޑްރޯންތަކެއް ބޭނުން ކޮށްފައެވެ. މި ކަން، އެ އުޅަނދު އޮޕަރޭޓު ކުރާ ކޮސްމޯ ޝިޕް މެނޭޖްމަންޓް ކުންފުނިން ވަނީ ކަަށަވަރު ކޮށްދީފައެވެ.
އެޓަރނިޓީ ސީއަށް ޙަމަލާ ދީފައި ވަނީ ޔަމަންގެ ބަނދަރުމަތީ ރަށް، އަލް-ޙުދަޔިދާގެ ހުޅަނގުދެކުނުން 50 ނޯޓިކަލް މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށެވެ. ޙަމަލާގައި އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން ދެ މީހަކު ޒަޚަމުވެ، އިތުރު ދެ މީހަކު ގެއްލިފައިވާ ކަން ކޮސްމޯ ޝިޕް މެނޭޖްމަންޓް ކުންފުނިން ކަށަވަރު ކޮށްދެއެވެ. އެ އުޅަނދު މި ވަގުތު އޮޔާދަމުންދާ ކަމުގައި، އެ އުޅަނދަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ލަޝްކަރުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
