
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) އެކަނި ކުރިމަތިލެއްވުމުން އޭނާގެ އެކްސްކޯއަށް ތާއީދު އޮތްތޯ ބެލުމުގެ މަސައްކަތް އެފްއޭއެމުން ފަށައިފި އެވެ. އިލެކްޓޯރަލް ކޮމިޓީން އިއްޔެ ވަނީ މިކަން ބަޔާންކޮށް ކުލަބުތަކަށް ސިޓީ ފޮނުވައިފަ އެވެ. އެދިފައިވަނީ ކުރީގެ ގައުމީ ފޯވަޑް ހުށަހަޅާފައިވާ އެކްސްކޯ އަށް ތާއީދު އޮތްކަން ބުދަ ދުވަހުގެ ކުރިން ޔަގީން ކޮށްދިނުމަށެވެ. ހުސްވި މަހުގެ 26ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން ބާއްވާ އިންތިހާބުގައި ޠާރިޤާއި ވާދަކުރަން އެއްވެސް ކެނޑިޑޭޓަކު ނެތެވެ. އޭނާ އާދީއްތަ ދުވަހު ފޯމު ހުށަހެޅީ ވޯޓު ލުމުގެ ފުރުސަތު ލިބިފައިވާ 23 ކުލަބުގެ ތާއީދާ އެކުގަ އެވެ.
ޠާރިޤު ހުށަހަޅާފައިވާ އެކްސްކޯގައި ތިން ނައިބް ރައީސުން ތިބެ އެވެ. އެއީ ނިއުރޭޑިއަންޓަށް ނިސްބަތްވާ ވެމްކޯގެ މުޖުތަބާ ޖަލީލް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ނިއުރޭޑިއަންޓް ވައިސް ޗެއާމަން އަލީ އިބްރާހީމް އާއި ކުރިން ވެސް އެފްއޭއެމުގެ ނައިބް ރައީސްކަން ކުރި މާޒިޔާގެ ހުސައިން ޝާފިއު (ކޮއްކީ) އެވެ. ދެން ހިމެނެނީ ޓީސީގެ އަހުމަދު އައްބާސް އާއި ބީޖީގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސް ކުލަބުގެ އަބްދުﷲ ނާސިހު އާއި ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމަށް ކުޅުނު މުހައްމަދު އުމޭރެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ހައްވާ ނަސްރާ ސައީދާއި ހައްވާ ރަޝީދާ އެވެ.
އެފްއޭއެމުގެ އިންތިހާބު މި ބާއްވަނީ ގާތްގަނޑަކަށް ދެ އަހަރު ހުސްކަމަށް ފަހު އެވެ. އެއީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދު ކުރި ކުލަބުތަކުން ބައެއް ކަންކަމަށް އެއްބަސް ނުވުމާއި އަސާސީ ގަވާއިދުގެ ދަށުން އިންތިހާބު ބާއްވަން އުޅުނު ދެ ފަހަރު ވެސް އިޖުރާއަތްތައް ފުރިހަމަ ނުވެ އޮތުމުންނެވެ. އެންމެ ފަހުން އިންތިހާބު މި ބާއްވަނީ ފީފާއިން ބައްސާމް ސަސްޕެންޑްކޮށް، ހުސްވި އަހަރު އެ އިދާރާ ނޯމަލައިޒޭޝަން ކޮމިޓީ އަކާ ހަވާލުކޮށް އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އެފްއޭއެމުގެ އިންތިހާބީ ކޮންގްރެސް ބާއްވާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) އެކަނި ކުރިމަތިލެއްވުމުން އޭނާގެ އެކްސްކޯއަށް ތާއީދު އޮތްތޯ ބެލުމުގެ މަސައްކަތް އެފްއޭއެމުން ފަށައިފި އެވެ. އިލެކްޓޯރަލް ކޮމިޓީން އިއްޔެ ވަނީ މިކަން ބަޔާންކޮށް ކުލަބުތަކަށް ސިޓީ ފޮނުވައިފަ އެވެ. އެދިފައިވަނީ ކުރީގެ ގައުމީ ފޯވަޑް ހުށަހަޅާފައިވާ އެކްސްކޯ އަށް ތާއީދު އޮތްކަން ބުދަ ދުވަހުގެ ކުރިން ޔަގީން ކޮށްދިނުމަށެވެ. ހުސްވި މަހުގެ 26ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން ބާއްވާ އިންތިހާބުގައި ޠާރިޤާއި ވާދަކުރަން އެއްވެސް ކެނޑިޑޭޓަކު ނެތެވެ. އޭނާ އާދީއްތަ ދުވަހު ފޯމު ހުށަހެޅީ ވޯޓު ލުމުގެ ފުރުސަތު ލިބިފައިވާ 23 ކުލަބުގެ ތާއީދާ އެކުގަ އެވެ.
ޠާރިޤު ހުށަހަޅާފައިވާ އެކްސްކޯގައި ތިން ނައިބް ރައީސުން ތިބެ އެވެ. އެއީ ނިއުރޭޑިއަންޓަށް ނިސްބަތްވާ ވެމްކޯގެ މުޖުތަބާ ޖަލީލް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ނިއުރޭޑިއަންޓް ވައިސް ޗެއާމަން އަލީ އިބްރާހީމް އާއި ކުރިން ވެސް އެފްއޭއެމުގެ ނައިބް ރައީސްކަން ކުރި މާޒިޔާގެ ހުސައިން ޝާފިއު (ކޮއްކީ) އެވެ. ދެން ހިމެނެނީ ޓީސީގެ އަހުމަދު އައްބާސް އާއި ބީޖީގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސް ކުލަބުގެ އަބްދުﷲ ނާސިހު އާއި ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމަށް ކުޅުނު މުހައްމަދު އުމޭރެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ހައްވާ ނަސްރާ ސައީދާއި ހައްވާ ރަޝީދާ އެވެ. އެފްއޭއެމުގެ އިންތިހާބު މި ބާއްވަނީ ގާތްގަނޑަކަށް ދެ އަހަރު ހުސްކަމަށް ފަހު އެވެ. އެއީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދު ކުރި ކުލަބުތަކުން ބައެއް ކަންކަމަށް އެއްބަސް ނުވުމާއި އަސާސީ ގަވާއިދުގެ ދަށުން އިންތިހާބު ބާއްވަން އުޅުނު ދެ ފަހަރު ވެސް އިޖުރާއަތްތައް ފުރިހަމަ ނުވެ އޮތުމުންނެވެ.
އެންމެ ފަހުން އިންތިހާބު މި ބާއްވަނީ ފީފާއިން ބައްސާމް ސަސްޕެންޑްކޮށް، ހުސްވި އަހަރު އެ އިދާރާ ނޯމަލައިޒޭޝަން ކޮމިޓީ އަކާ ހަވާލުކޮށް އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އެފްއޭއެމުގެ އިންތިހާބީ ކޮންގްރެސް ބާއްވާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
