
އެފްއޭއެމުގެ މުވައްޒަފުންނަށް މުސާރަ ނުދެވި އެބަހުރި ކަމަށާއި ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މި މަހު ހަމަވުމުގެ ކުރިން އެކަން ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފި އެވެ. ކޮމިޓީގެ ޗެއާމަން އަހުމަދު މުއިއްޒު ވިދާޅުވީ މި މަހުގެ ނިޔަލަށް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވަމުންދާތީވެ ނުދެވި ހުރި މުސާރަ ދިނުމަށް ފީފާ އާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް މުވައްޒަފުންނަށް ތިން މަސް އަނެއް ބައި މުވައްޒަފުންނަށް ހަޔަރު މަސް ދުވަހުގެ މުސާރަ ނުދެވި އެބަހުރި ކަމަށެވެ.
“އަޅުގަނޑުމެން އުއްމީދު ކުރަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ނިމުމުގެ ކުރިން މިކަންކަން ހަމަޖެހިގެންދާނެ ކަމަށް. އެކަމަށް ވަރަށް މަސައްކަތް އެބަ ކުރަން،” މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުސާރަ ނުލިބުނު ނަމަވެސް އެފްއޭއެމުގެ މުވައްޒަފުން ވަރަށް ހީވާގި ކަމާއެކު އެއްބާރުލުން ދީފައިވާ ކަމަށެވެ. “އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާ ކުރަން. މުސާރަ ނުދެވި އޮތް އިރު ވެސް ނޯމަލައިޒޭޝަން ކޮމިޓީ އަށް ހުރިހާ މުވައްޒަފުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވޭ،” މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުފެ ފަހު އަހަރު ފެށިގެން ނުދެވި ހުރި މުސާރަތަކުގެ ކަންކަން ހަމަޖެއްސުމަށް ތިން ފަހަރެއްގެ މަތީން ފީފާއިން ފައިސާ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާއިން ވެސް އެންމެންގެ ބެކްލޮގް ފިލުވާނުލެވުނު ކަމަށާއި އެކަން އެގޮތަށް ދިމާވީ މުވައްޒަފުން ގިނަވެފައި އެތައް ބަޔަކު މުސާރަ ނުލިބިގެން ޝައކުވާ ކޮށްފައި އޮތުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެފްއޭއެމުން ކުއްޔަށް ދޫކޮށްފައިވާ އިމާރާތްތަކާއި ބިންތަކުން އެ އިދާރާ އަށް ލިބެނީ އެންމެ ތިން ލައްކައެއްހާ ރުފިޔާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
