
ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަވާ އެރުވުމަށް ޔަހޫދީންނަށް ވާގިވެރިވާ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށް ދެކެވޭ ވާހަކަ އެމްއޭސީއެލް އިން ދޮގުކުރައްވައިފިއެވެ. ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް އެ އެއަރޕޯޓު ހިންގާ އެމްއޭސީއެލްއިން ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އޭގެ ތެރެއިން ހަވާއެރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މިހަރަކާތް ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ ޔަހޫދީ ދައުލަތައް ވާގިވެރިވާ ކުންފުންޏަކާއި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އެ ވާހަކަތައް ދޮގުކުރައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވީ، އިސްރާއީލަށް ވާގިވެރިވާ އެއްވެސް ކުންފުންޏަކާއި އެކުންފުނިން މުޢާމަލާތް ކުރަމުން ނުދާކަމަށާއި އެފަދަ މުޢާމަލާތެއްވެސް ކޮށްފައިނުވާނެ ކަމަށެވެ. ލަމްޢާން ވިދާޅުވީ އައު ޓާމިނަލް ހުޅުވުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ހަވާއެރުވުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި އެކަން ކުރާނީ މިފަދަ ކަންކަން ކުރުމުގައި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ކުންފުންޏަކުން ކަމަށާއި އެ ހަރަކާތް ކުރިއަށްދާނީ އެމްއެންޑީއެފްއާއި ގުޅިގެންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާއި ގުޅޭގޮތުން އެމްއޭސީއެލްއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމް.އޭ.ސީ.އެލްއަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެއެއްވެސް ޢަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މީގެއިތުރުން ބްރޯޑްކާސްޓް މީޑިއާއަކުން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު ވާހައަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމަށާއި އެކަމާއި ގުޅިގެން އެޅެން ޤާނޫނީ ފިޔަވަޅުތައް ބަލަމުން ގެންދާކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެ މައްސަލަ ހުށައެޅުމަށްޓަކައި މަސައްކަތް ފަށާފައިވާކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
