
ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައެޅުއްވި އައު މަންދޫބު އަދްނާން ޗީމާ، އޭނާގެ މަޤާމުގެ ފަތްކޮޅު ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލަށް އަރުވައިފިއެވެ. ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައެޅުއްވި މަންދޫބު އަދްނާން ޗީމާ ފަތްކޮޅު މަޤާމުގެ ފަތްކޮޅު ޚާރިޖީ ވަޒީރާއި އެރުވީ އެކަމަށްޓަކައި ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްުޔާތެއްގައެވެ. ފަތްކޮޅު އެރުވުމަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ޔޫއެންޑީޕީން ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފޯރުކޮށްދެމުންދާ އެއްބާރުލުމާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ޔޫއެންޑީޕީގެ މަންދޫބު ޗީމާގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، އެމަނިކުފާނުގެ އޭނާގެ މަޤާމުގެ ދައުރުގައި ދިވެހިރާއްޖެއާއި ޔޫއެންޑީޕީއާއި ދެމެދު އޮތް ގުޅުން އިތުރުށް ވަރުގަދަވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ޗީމާ ވިދާޅުވީ ރާއްޖެއަށް މި ވަގުތު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދީ، ދިވެހިރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް އެޖަމިއްޔާއިން ފޯރުކޮށްދެމުންދާ އެއްބާރުލުން އިތުރަށް ފުޅާކުރުމަށާއި އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އެޖަމީއްޔާއިން އިން އަދާކުރަމުންދާ މުހިންމު ދައުރު ކުރިއަށް އޮތް ތަނުގައިވެސް އަދާކުރުމަށް ބޭނުންވާކަމުގެ ޔަޤީންކަން އޭނާ ދެެއްވިއެވެ. ޔޫ.އެން.ޑި.ޕީ.ގެ އޮފީސް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވަނީ 1978 ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖޭ އިޖްތިމާޢީ ތަރައްޤީގެ ދާއިރާގެ ގިނަ މަސައްކަތްތަކުގައި ފަންނީ އަދި މާލީ އެހީތެރިކަން ދަނީ ޔޫއެންޑީޕީން ދަނީ ފޯރުކޮށްދެއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
