
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ އުތުރު ޣައްޒާގައި ޙަމާސުން ދިން ވަރުގަދަ ޙަމަލާއެއްގައި ނިރުބަވެރި ޔަހޫދީ ފައުޖެއް ސުންނާފަތި ކޮށްލައިފިއެވެ. އުތުރު ޣައްޒާގެ ބައިތު ޙަނޫން ސަރަޙައްދުގައި ޙާމާސުން ދިން ޙަމަލާގައި ޔަހުދީންގެ ހަތް ސިފައިން ވަނީ މަރުވެފައެވެ. މިއި ފަހުގެ ތާރީޚެއްގައި ޙަމާސުން ދީފައިވާ އެންމެ ވަރުގަދަ އަދި އެންމެ ގެއްލުން ބޮޑު އެއް ޙަމަލާއެވެ. އެ ޙަމަލާ ދީފައި ވަނީ ކިބުޓްޒް ނިރް އަމްގެ ސަރަޙައްދީ ރޮނގާ ކައިރި ހިސާބެއްގައެވެ. ފަހުގެ ޙަމަލާގައި މީގެ ކުރިން ޙަމާސުން ޣައްޒާގެ ޚާން ޔޫނިސްގައި ޔަހޫދީންނާ ދެކޮޅަށް ދީފައިވާ ވަރުގަދަ ޙަމަލާއަކާއި، ޔަހޫދީންގެ ހަތިޔާރުއެޅި ޕޫމާ ޓޭންކަރަކަށް ދީފައިވާ ޙަމަލާއަކާ އެއްގޮތް ކަމެއް ހުއްޓެވެ.
އެނގިފައިވާ ގޮތުަގައި ޙަމަލާގެ އިރުކޮޅެއް ކުރިން ޔަހޫދީ އަވަށެއް ކަމަށްވާ ސްދެތޮރުގައި އިންޒާރުގެ ރަނގަބީލު އަޅާފައިވެއެވެ. އިންޒާރުގެ ރަނގަބީލު އަޅަން ފެށީ ޙަމާސުން ޖެހި ދަލުގައި ޔަހޫދީ ސިފައިން ޖެހުމުން، އިތުރު ޔަހޫދީ ސިފައިން ގޮސް އެ މީހުން ސަލަމަތްކުރަން އުޅުމުގެ ތެރޭގައެވެ. ސްދެރޮތަކީ ޣައްޒާގެ ސަރަޙައްދީ ރޮނގާ ގާތްގަނޑަކަށް އެއް ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެއް ކަމުން އެ އަވަށަށް އަސްކަރީ ޙަމަލާތައް ދޭތެެރެދޭތެރެެެއިން އަމާޒުވެއެވެ. ޙަމަލާއާ ގުޅޭ ރިޕޯޓުތަކުގައި ފުރަތަމަ ބުނީ އެ ޙަމަލާގައި ޔަހޫދީންގެ ދެ ސިފައިން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ޢަދަދު މިހާރު ވަނީ ހަތަކަށް އިތުރުވެފައެވެ. ޙަމަލާގައި އިތުރު ޔަހޫދީ ސިފައިންނަށް ވެސް ޒަޚަމްތައް ލިބިފައިވެއެވެ. ބައެެއް ސިފައިންގެ ހަށިގަނޑުގެ ބައެއް އަނދާ، ގުނަވަންތަކަށް ގެއްލުން ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޙަމާސްގެ ޙަމަލާގައި ގެއްލުން ލިބިފައި ވަނީ ޔަހޫދީ އަސްކަރިއްޔާގެ ނަހަލް ބްރިގޭޑުގެ ސިފައިންނެވެ. އެ ފައުޖު ބައިތު ޙަނޫނު ސަރަޙައްދުގައި ޙަރަކާތްތެރިވާން ފެށީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ޙަމާސްގެ ޙަމަލާއަކީ ވަރަށް ރޭވުންތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ ޙަމަލާއެއް ކަމަށް ޔަހޫދީން ވަނީ ސިފަކޮށްފައެވެ. އެ ޙަމަލާ ފުރަތަމަ އަމާޒުކޮށްފައި ވަނީ ޔަހޫދީންގެ މަރކަވާ ޓޭންކަރަކަށެވެ. ޓޭންކަރަށް ދިން ޙަމަލާގައި ގެއްލުން ލިބުނު މީހުން ސަލާމަތް ކުރުމަށް ޔަހޫދީންގެ އިތުރު ސިފައިން އެ ސަރަޙައްދަށް އައުމުން ޙަމާސުން ވަނީ އަނެއްކާ ވެސް ޙަމަލާއެއް ދީފައެވެ. ތިންވަނަ ޙަމަލާ އަމާޒު ކުރީ އެ ސަރަޙައްދުން ސިފައިން ސަލާމަތްކުރަން އައި ޔަހޫދީ ސިފައިންގެ ދެވަނަ ގުރޫޕަށެވެ. އެ ސަރަޙައްދުގައި ހަތަރުވަނަ ގޮވުމެއް ގޮއްވާލީ ޔަހޫދީ ސިފައިންނަށް ބަޑީގެ ޙަމަލާތައް ވެސް ދެމުންނެވެ. ޙަމަލާތަކުގައި ޔަހޫދީންގެ ޑީ9 ބުލްޑޯޒަރަކާއި އަސްކަރީ ޖިޕަކާއި މަރކަވާ ޓޭންކަރެއްގައި ވަނީ ރޯކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
