
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނުގައި ޤަވާއިދާ ޚިލާފަށް އޮޅުކޮށްގެން ގެންގުޅުނު 18 ސިންގާ އެ ޤައުމުގެ ޕަންޖާބު ސަރަޙައްދުން އަތުލައިގެންފިއެވެ. އާންމުން އޮޅުކޮށްގެން ގެންގުޅުނު ސިންގާތައް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ހޯދައި އަތުލައިގަނެފައި މި ވަނީ އެ ފަދަ ސިންގާއެއް ގެއަކުން ފިލައިގެން ގޮސް އަންހެނަކާއި ކުޑަ ދެކުދިންނަށް ޙަމަލާދީފައި ވަނިކޮށެވެ. އެ ހާދިޘާގައި އަންހެން މީހާ ގައިގައި ސިންގާ ވަކި އެޅުމުން އެ މީހާ ޒަޚަމްވި އިރު، އުމުރުން 5 އަހަރާއި 7 އަހަރުގެ ކުޑަ ދެކުދިން ވަނީ ހަސްފަތާލުގައި އެނދުމަތިކުރަން ޖެހިފައެވެ. ނަމަވެސް އެ ކުދިންނަށް ލިބިފައިވާ ޒަޚަމްތަކަކީ ފުރާނައަށް ނުރައްކާވާފަދަ ޒަޚަމްތަކެއް ނޫން ކަމަށް އިދާރާތަކުން މަޢުލޫމާތުދެއެވެ.
ލާހޯރުގެ ގެއެއްގައި ޙުއްދަނެތި ގެންގުޅުނު ސިންގާ މިހާރު ވަނީ އެ ސަހަރުގައި ވަލުޖަނަވާރު ދޫކޮށްފައި ތިބޭ ސަފާރީ ޕާކަކަށް ގެންގޮސްފައެވެ. އެ ސިންގާގެ ވެރިމީހާ ފަހުން ވަނީ ހައްޔަރުކޮށްފައެވެ. ތަފާތު ވައްތަރުތަކުގެ ވަލުޖަނަވާރު ގޭގޭގައި އޮޅުކޮށްގެން ގެންގުޅެން މީސްމީޑިޔާގެ ސަބަބުން ހިތްވަރު ލިބެއެވެ. އެ ފަދަ ޖަނަވާރާއެކު ދިރިއުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިޔޯތައް އެ ސޮރުމެން ގެންގުޅޭ މީހުން އާންމުކުރަނީ އެ މީހުންގެ ހައިބަތު ދެއްކުމުގެ ބޭނުމުގައެވެ. ލާހޯރުގެ ވައިލްޑްލައިފް އެންޑް ޕާކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުބީން އިލާޙީ ވިދާޅުވީ ބުޅަލުގެ ތެރެއިން ބޮޑެތި ބުޅަލުގެ ބާވަތްތައް ގެންގުޅުމާ ގުޅޭ އައު ޤަވާއިދުގެ ދަށުން ޚާއްޞަ ލައިސެންސެއް ނެތި ސިންގާ ގެންގުޅުމަކީ މަނާ ކަމެއް ކަމެކެވެ. ސިންގާ ގެންގުޅެވޭނީ ވަކި ބޮޑުމިނެއްގެ ކޮށިކޮށީގައި ކަމަށާއި ވަކި ހަމަތަކެއްގެ މަތިން ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. ޤަވާއިދާ ޚިލާފަށް ސިންގާ ގެންގުޅޭނަމަ އެ ކަމުގެ އަދަބަކީ ހަތް އަހަރަށް ޖަލަށް ލުމެވެ.
ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް 18 ސިންގާ ގެންދިޔުމުގެ އިތުރުން، ވައިލްޑްލައިފް އެންޑް ޕާކްސް ޑިޕާޓްމަންޓުން ވަނީ ސިންގާއާއި މިނިކާވަގު އާލާކުރާ 38އަށް ތަނެއް ރޭޑުކޮށް، ޤަވާއިދާ ޚިލާފުވި އަށް މީހުން ހައްޔަރު ކޮށްފައެވެ. އެ ފަދަ ހުރިހާ ތަނެއް މި ހަފްތާ ނިމުމުގެ ކުރިން ބަލައި ފާސްކުރާނެ ކަމަށް އިލާޙީ ވިދާޅުވިއެވެ. އިލާޙީ އިތުރަށް ވިދާޅުވީ ޕާކިސްތާނުގެ އެންމެ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ އެއް ޕްރޮވިންސު ކަމަށްވާ ޕަންޖާބުގެ ގޭގެއާއި ޖަނަވާރު އާލާކުރާ ތަންތަނުގައި 584 ސިންގާއާއި މިނިކާވަގު ގެންގުޅޭ ކަމަށެވެ.
މީގެ ކުރިން އޮޅުކޮށްގެން ސިންގާއެެއް ގެންގުޅުނު ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޣާއިމް ޢަލީ ބުނީ ގޭގޭގައި އޮޅުކޮށްގެން ބޮޑެތި ބުޅާތައް ގެންގުޅޭ ގިނަ ޢަދަދެއްގެ މީހުން އޭނާ ދަންނަ ކަމަށެވެ. ގިނަ މީހުން އެ ޖަނަވާރުތައް ގެންގުޅެނީ ހައިބަތާއި ބާރު ދެއްކުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ގެންގުޅުނު ސިންގާ ވެސް އޭނާ ވިއްކާލާފައި ވަނީ ޢާއިލާގެ ކުއްޖަކަށް އެ ސިންގާ ޙަމަލާ ދިނުމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
