
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ޖޫން 22ވަނަ ދުވަހު އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ. ނަޠާންޛާއި ފޫރްދޫ އަދި އަޞްފިހާނަށެވެ. ޙަމަލާތަކުގައި އެ މަރުކަޒުތަކުގެ ބިމު އަޑީގައި، ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ ވަސީލަތްތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގެ ތެރެއިން ފޫރްދޫ މަރުކަޒު ކައިރީގައި އީރާނުން މަސައްކަތްތަކެއް ފަށާފައިވާ ކަން މިހާރު ވަނީ ހާމަވެފައެވެ. މި ކަން ހާމަވެފައި ވަނީ މަކްސާ ޓެކްނޮލޮޖީޒުން ސެޓެލައިޓް ބޭނުން ކޮށްގެން ނަގާފައިވާ ފޮޓޯތަކަކުންނެވެ. އެ ފޮޓޯތަކުން ފެންނަނީ، ފޫރްދޫ މަރުކަޒުގެ އުތުރުގައި ހުރި ވެންޓިލޭޝަން ޝާފްޓުތައް ނުވަތަ ވައި ދައުރު ކުރުމަށް ބިނާ ކޮށްފައިވާ ހޮޅިތައް ހުރި ސަރަޙައްދުގައި ބަޔަކު ހަރަކާތްތެރިވަމުންދާ އަދި މަސައްކަތްތަކެއް ކުރަމުންދާ މަންޒަރެވެ. އަދި، އެކްސްކަވޭޓަރެއް ފަދަ ފަސްގަނޑު ކޮނުމަށް ބޭނުން ކުރާ އުޅަނދެއް ބޭނުން ކުރަމުންދާ މަންޒަރެވެ. އެ ސަރަޙައްދުގައި އިތުރު އުޅަނދުތަކެއް ހަރަކާތްތެރިވަމުންދާ މަންޒަރު ފެންނަ ކަމުގައި ވެސް މަކްސާއިން ބުންޏެވެ.
ފޫރްދޫއާއި ނަޠާންޛްގައިވާ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާ ދީފައި ވަނީ ބީ-2 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކާއި ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ބޮން ބޭނުން ކޮށްގެންނެވެ. އެއީ، ބިމުގެ އަޑީގައި، ބިންގަރާސްތަކުގައި ބިނާ ކޮށްފައިވާ އިމާރާތްތަކާއި ވަސީލަތްތައް ސުންނާފަތި ކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރެއް ކަމުގައި އެމެރިކާއިން ބުނެއެވެ. އަޞްފިހާންގައި ހުރި މަރުކަޒަށް ޙަމަލާ ދިނުމަށް އެމެރިކާއިން ބޭނުން ކޮށްފައި ވަނީ ޓޮމަހޯކް މަރުކާގެ ކްރޫޒް މިސައިލެވެ. އެމެރިކާގެ އަސްކަރިއްޔާގެ އެންމެ އިސް އޮފިޝަލް، ޑޭން ކެއިން ވިދާޅުވީ، އެމެރިކާގެ ބީ-2 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އަޅާފައި ވަނީ ފޫރްދޫ މަރުކަޒުގެ ވެންޓިލޭޝަން ޝާފްޓުތައް ހުރި ތަނަށް ކަމުގައެވެ. އެ ޙަމަަލާތަކުގައި އެ ތަނުގެ ބިމު އަޑީގައި ޤާއިމު ކޮށްފައިވާ ވަސީލަތްތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި އޭނާ ވެސް ވިދާޅުވިއެވެ.
މަކްސާއިން ޢާންމު ކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، އިންސްޓިޓިއުޓް ފޯ ސައިންސް އެންޑް އިންޓަރނޭޝަނަލް ސެކިޔުރިޓީގައި މަސްރަޙު ދިރާސާ ކުރައްވާ ޑޭވިޑް އޮލްބްރައިޓް ވިދާޅުވީ، ފޫރްދޫ މަރުކަޒުގެ ވެންޓިލޭޝަން ޝާފްޓުތައް ކައިރީގައި އީރާންގެ އޮފިޝަލުން މަސައްކަތް ކުރަމުންދާ މަންޒަރު، ސެޓެލައިޓް ފޮޓޯތަކުން ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމުގައެވެ. އެއީ، ބޮންތަކުގެ ސަބަބުން އެ ސަރަޙައްދުގައި އެޅިފައިވާ ލޯވަޅުތަކަށް ފަސް އެޅުމުގެ މަސައްކަތް ކަން ނުވަތަ އިންޖިނޭރުންގެ ދިރާސާތަކެއް ކުރުމުގެ މަސައްކަތް ކަން ސާފު ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.
“ފޫރްދޫގެ ބިންގަރާސްތަކަށް ވަނުމަށް ބޭނުން ކުރާ މަގުތައް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އީރާނުން ވަރަށް ހަލުވިކަމާ އެކު މަރާމާތު ކޮށްފައިވާ މަންޒަރު ވެސް ފެނިއްޖެ. ނަމަވެސް، އެ މަރުކަޒަށް ވަނުމަށް ބޭނުން ކުރާ ޓަނަލްތައް އަލުން ހުޅުވުމަށް މަސައްކަތް ކޮށްފައިވާ ކަން ސާފެއް ނޫން،” އޮލްބްރައިޓް ވިދާޅުވިއެވެ. ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް، އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ މައި އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮއްސީ ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި އީރާނަށް އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު އަލުން ފަށައިގަނެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ.
އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ ޖާސޫސީ ގޮފި، ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ)ން ވެސް ވަނީ، ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ ވަސީލަތްތައް ސުންނާފަތި ކޮށްލެއްވިފައިވާ ކަން ސާފު ނޫން ކަން ހާމަކޮށްފައެވެ. އެމެރިކާގެ ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު މަދު މަސްތަކަކަށް ފަހަށް ޖައްސައިލުން ނޫން އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމުގައި ވެސް ލީކު ކޮށްލާފައިވާ ޑީއައިއޭގެ ޖާސޫސީ ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
