
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهން އަމާންދީ، ހަތިޔާރު ބަހައްޓަން ބާރު އަޅަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ޙާއްސަ މަންދޫބު، ލުބުނާނުގެ އިސް އޮފިޝަލުންނާ އެކު އެކަމުގެ މަޝްވަރާތައް ފަށައިފިއެވެ. ފާއިތުވި ދުވަސްތަކުގައި ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއާއި ޔަހޫދީންނާއި ލުބުނާނުގެ ރަސްމީ އިދާރާތަކުން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ. އެ ފަރާތްތަކުން ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް ގޮވައިލަނީ ހަތިޔާރު ގެންގުޅެން ޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނެއެވެ. ހަނގުރާމައިގެ ފަހުން ލުބުނާނުގެ ހިންގުމާ ޙަވާލުވެފައިވާ އައު ސަރުކާރުން ވެސް ހަތިޔާރު ގެންގުޅެންޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނަމުންދާއިރު، ސަރުކާރުން ދަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން އަމަލު ކުރުމަށް ވެސް ގޮވައިލަމުންނެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ޙިޠާބެއްގައި ޙިޒްބުاللهގެ އިސްވެރިޔާ، ނަޢީމް ޤާސިމް ވިދާޅުވީ އެ ޖަމާޢަތަށް އިންޒާރު ދިން ނަމަވެސް އަމާން ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޙިޒްބުاللهގެ ހަނގުރާމަވެރިން ހަތިޔާރު ނުބަހައްޓާނެ ކަމަށާއި ފުރަތަމަ ޖެހޭނީ ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލަން ކަމަށެވެ. އެމެރިކާގެ ޚާއްޞަ މަންދޫބު، ޓޮމް ބަރަކް ލުބުނާނުގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތައް ފައްޓަވާފައިވާއިރު، އޭނާ މިދިޔަ ޖޫން މަހު ލުބުނާނަށް ކުރެއްވި ދަތުރުގެ ތެރެއިން ވަނީ، ހަތަރު މަސް ދުވަހުގެ ތެރޭގައި ޙިޒްބުﷲއިން ހަތިޔާރު ބަހައްޓައިފިނަމަ، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ނިރުބަވެރި ސިފައިން ފަހަތަށްޖެހި، ޢުދުވާނީ ޙަމަލާތައް ހުއްޓއިލާނެކަމަށް ހުށަހެޅުއްވައިފައެވެ.
އެ ހުށަހެޅުމަށް ޖަވާބެއް ދިނުމަށް ލުބުނާނުން ޙާއްސަ ކޮމިޓީއެއް އުފައްދާފައިވާއިރު، އެކަމަށް ޙިޒްބުﷲގެ ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ދީފައެވެ. ޙިޒްބުﷲގެ ޝަރުތުތައް އާންމުކޮށްފައިނުވިނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޔަހޫދީން ލުބުނާނުގެ ސަރަޙައްދުތަކުން ފައިބައި، އެ ޖަމާޢަތަށް އަމާޒުކޮށް ޙަމަލާތައް ނުދޭނެކަމުގެ ޔަޤީންކަން ނުދެނީސް، ހަތިޔާރު ބަހައްޓަން ވަނީ ދެކޮޅު ހަދައިފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެ ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ޔަހޫދީ ފައުޖު ލުބުނާނުން ފޭބުމާއި ޙިޒްބުاللهގެ ހަނގުރާމަވެރިން ލީޠާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވެއެވެ.
ލުބުނާނުގެ ސަރުކާރުންނާއި އަސްކަރިއްޔާއިން ދަނީ ޙިޒްބުاللهޤގެ އަސްކަރީ މަޤާމުތައް ދެކުނު ލުބުނާނުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންނެވެ. ދެކުނު ލުބުނާނުގެ ފަސް ސަރަޙައްދެއް އަދިވެސް އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ކޮންމެ ދުވަހަކުހެން ޔަހޫދީން ވައިގެ ޙަމަލާތައް ދެއެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވިފަހުން 250އެއްހާ މީހުން ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
