
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
އެންމެފަހުން ފާސްވެގެންދިޔަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ގަވާއިދަކީ ހެޔޮ ފާލެއް ކަމަށާއި، އެކަމަށްޓަކައި ހުރިހާ ކުލަބުތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ. އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ މަހިނބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ފޯމު ހުށަހެޅުއްވިއިރު ކަންކަން ނިންމުމުގައި ރީޖަންތަކުން ބަސްބުނުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ އިސްލާހު ކުރެވުނު ހިންގާ ގަވާއިދުގެ ދަށުން ޒޯންތަކުގައި އުފައްދަންޖެހޭ އެސޯސިއޭޝަންތަކެއްގެ ވާހަކަކަން ޠާރިޤް ފާހަގަ ކުރައްވާފައިވާތީ އެކަމާއި ގުޅޭތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރުވިދާޅުވީ އެފްއޭއެމުން މީގެ ކުރީގައި ގާނޫނީ ބާރު ލިބިގެން ރީޖަނަލް އެސޯސިއޭޝަންތައް ފަތުރާކަށް ބާރެއް ނާޅާކަމަށެވެ.
އެހެންނަމަވެސް މިހާރު ފަަސްކޮށްފައިވާ ހިންގާ ގަވާއިދުގެ ދަށުން ރީޖަނަލް އެސޯސިއޭޝަންތައް އުފައްދައިގެން އެއާ އެއްގޮތަށް ހިންގާ ގަވާއިދު ބަދަލުކޮށްގެން ކުރިޔަށް ދިއުން އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ކުޅިވަރަކަށްވެސް ރީޖަނަލް އެސޯސިއޭޝަންތައް ހުންނަން ޖެހޭކަމަށް އެތަންތަނަށް ބަސް ކިއުމުގެ ބާރުވެރިކަން ދޭންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެ އުފެދިގެން އެ ދަނީ މުޅި ރާއްޖެ ޝާމިލުވާގޮތަށް ޓެލެންޓް ހުރި ކުޅުންތެރިންނަށް ގައުމީ ޓީމަށް އާދެވޭނެ މަގެއްކަމަށާއި ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމުގެ މައިގަނޑު އެއް މަގްސަދަކީވެސް އެއީކަމަށް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ. ބޭނުމަކީ ހުރިހާ ކުޅިވަރެއްގައިވެސް މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ރިޕްރެޒެންޓް ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފުޓްބޯޅަ ނޫނަސް އެހެން ހުރިހާ ކުޅިވަރެއްގައިވެސް އަތޮޅުތެރޭގައި އެސޯސިއޭޝަންތައް ހެދިގެން އެ އެސޯސިއޭޝަންތަކަށް ބާރުލިބިގެން ކުރިޔަށްގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. “އޭގެ މާނައަކީ ވޯޓިން އެކްސެސް އެ އެސޯސިއޭޝަންތަކަށް ލިބޭނެ. ހަމަ އެއާއިއެކު އެ އެސޯސިއޭޝަންތަކުން މުބާރާތްތައް ބާއްވާ އަދި ރީޖަންތަކުގެ މެދުގައި މުބާރާތްތަކެއް ބޭއްވި ޓެލެންޓް ހުރި ކުދިން ފާހަގަ ކުރެވިގެން ގޮސް ގައުމީ ފަންޑުގެ ތެރެއިންވިޔަސް އެކުޅުންތެރިންނަށް އިތުރު އިންވެސްޓެއްކުރެވިގެންދާނެ” ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
