
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް މާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްގެންދިޔަ މިހަރަކާތް ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ. މީގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހަންމަދު ލަޠީފާއި އެއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ބައިވެރިވި އިތުރު ފަރާތްތަކުގެ ތެރޭގައި ވޮލީގެ ތިން ޖީލަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ވޮލީ ތައާރަފްވެގެން އައި ދުވަސްވަރުގެ ކުޅުންތެރިންނާއި މިހާރު މިކުޅިވަރުގައި ހަރަކާތްތެރިވަމުންދާ ޒުވާނުންގެ އިތުރުން ވޮލީގެ ތެރެއަށް އަލަށް ވަންނަމުންދާ ތުއްތު ކުދިން ހިމެނެއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ ކުޅިވަރެއްވެސް ކުރިއަރާ ދިއުމުގެ އެންމެ ބޮޑު ބިންގަލަކަށްވާނީ ޅަ އުމުރުފުރާ ނުވަތަ ޒުވާން އުމުރު ފުރާގައި އެކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް ހޯދައިދެވޭ ފުރުސަތުތައްކަމަށެވެ. އަދި މިއަދުގެ ޅަ ކުދިންނަށް އެކަށީގެންވާ ތަމްރީނުތަކެއް ދެވިއްޖެނަމަ އެކުދިންނަކީ މުސްތަގުބަލުގެ ތަރިންނަށް ހެދޭނެކަމަށް ޠަލާލް ވިދާޅުވިއެވެ. “ކޮންމެ އަކަސް ކުޅިވަރު ވޮލީ ބޯޅަ ނުވަތަ ކުޅިވަރެއް ކުރިއަރާ ދިއުމުގެ އެންމެ ބޮޑު ނުވަތަ އެންމެ މުހިންމު ބިންގަލަކަށްވާނީ ޅަ އުމުރުފުރާގަ ނުވަތަ ޒުވާން އުމުރުފުރާގައި ކުދިންގެ ހުނަރު ތަރައްގީ ކުރެވިގެން، ތަރައްގީ ކުރުމުގެ ފުރުސަތުތަކެއް ހޯދައިދެވިގެން. އަދި މިއަދު ޒުވާން ތަރިންނަށް، އަދި މިއަދުގެ ޒުވާން ޅަ އުމުރުފުރާގެ ކުޅުންތެރިންނަށް ރަނގަޅު ތަމްރީނެއް ދެވިގެން ތަރައްގީ ކުރެވިއްޖެކަމަށްވާނަމަ މާދަމާ ނުވަތަ މުސްތަގުބަލުގެ ވޮލީ ބޯޅަ އެކަންޏެއް ނޫން ކޮންމެ ކުޅިވަރެއްގައި ކަމަށްވިޔަސް މުސްތަގުބަލު ވަރަށް އުޖާލާވެގެންދާނެ” ޠަލާލް ވިދާޅުވެފަވެއެވެ.
ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން ވީއޭއެމްގެ ރައީސް ލަތީފްވަނީ ވޮލީ ބޯޅައިގެ ޔޫތު ޑިވެލޮޕްމެންޓު ޕްރޮގްރާމު އިތުރަށް ހަރުދަނާ ކުރައްވާ، އަތޮޅު ތެރެއަށް އެ ޕްރޮގްރާމު ފުޅާކުރައްވަން ރާއްވަވާފައިވާކަމަށް ހާމަކުރައްވާފައެވެ. އަދި ވޮލީބޯޅައިގެ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޖަޕާނުގެ ތަޖުރިބާކާރު ކޯޗެއްގެ އެހީތެރިކަން ހޯދަމުންދާކަމަށް ލަތީފް ވިދާޅުވިއެވެ. މީގެ އިތުރުން އެފްއައިވީބީ ލެވެލް 1 ގެ ކޯޗިން ކޯހެއް ސެޕްޓެމްބަހު ފެށުމަށް ތާވަލުކުރެވިފަވާކަމަށާ، އެކޯހުގައި ކޮންމެ އަތޮޅަކުންވެސް ޒުވާނަކު ބައިވެރިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ލަތީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި މަހުގެ 7 ވަނަ ދުވަހެވެ. މިދުވަސް ރާއްޖޭގައި ފާހަގަ މިކުރީ ފުރަތަމަ ފަހަރަށެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ތިން އެކަޑަމީއަކުން ކުދިން ބައިވެރިވެފައިވެއެވެ. އެއީ ބްލޫސް ފޯރ ވޮލީބޯލް، މައި ސްޕޯޓްސް އެކެޑެމީ އަދި މުނީޒް ވޮލީބޯލް މޫވްމަންޓުންނެވެ. ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި މިހަރަކާތް ނިންމާލާފައިވަނީ ދުވަހުގެ މުނާސަބަތުގައި ފެޅި ކޭކަކުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
