
(ފޮޓޯ ކްރެޑިޓްސް: އެމްއެސް މޭޓްސް)
އޮސްޓްރޭލިއާގެ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 17 އަހަރުން ދަށުގެ ޓީމުން ކާމިޔާބުކޮށްފިއެވެ. 35 މިނިޓްގެ ދެ ހާފް ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މާޒިޔާގެ ޒުވާން ކުޅުންތެރިން މޮޅުކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ލަނޑު މާޒިޔާއިން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 6 ވަނަ މިނިޓްގައި ރާއްޖޭގެ ޒުވާން ގައުމީޓީމުގައިވެސް މޮޅުކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އިލާން އިބްރާހިމްއެވެ. މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނިޓްގައި ލޫތު ބިން ސައުދުއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެސް މޭޓްސް)
ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެތެރެއިން ގަލޮޅު ދަނޑަށް އޮސްޓްރޭލިއާގެ ޒުވާން ކުޅުންތެރިން ހިމެނޭ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީން ތިންވަނަ މެޗުގައި ބުދަ ދުވަހު ނިކުންނާނީ އެމްއެސް މޭޓްސްގެ ޓީމާއި ދެކޮޅަށެވެ. އެއަށްފަހު ހުކުރު ދުވަހުގެ ހަވީރު ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށްވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިއީ ޗެލްސީ ފައުންޑޭޝަނާ ގުޅުން އޮންނަ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީގެ އެދުމަކަށް ރާއްޖޭގެ ކުލަބުތަކުގެ 17 އަހަރުން ދަށުގެ ޓަިމުތަކާއެކު ކުޅުމަށް، ކުޅިވަރާ ބެހޭ ވުޒާރާ އާއި އެފްއޭއެމްއާއި ގުޅިގެން މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމްކޮށްގެން ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
