
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
ނިމިގެންދިޔަ ކޮންކާކަފް ގޯލްޑް ކަޕުގެ ތަށި ހިއްލާލުމުގެ ފުރުސަތު އެމެރިކާއަށް ގެއްލުނު ނަމަވެސް، އެ މުބާރާތުން ލިބުނު ފިލާވަޅުތަކުގެ ބޭނުންހިފައި ތައްޔާރުވާނީ އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. އެމެރިކާގެ ހިއުސްޓަންގެ އެންއާރުޖީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި މެކްސިކޯއާ ވާދަކޮށް އެމެރިކާއިން ބަލިވެފަވަނީ 2-1ގެ ނަތީޖާއަކުންނެވެ. ޑްރާމާ ބޮޑު ފައިނަލު މެޗެއްގެ ގޮތުގައި މީޑިއާތަކުން މި މެޗު ސިފަކޮށްފަވާއިރު، މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޕޮޗެޓީނޯ ބުނެފަވަނީ އެމުބާރާތަކީވެސް ގިނަ ފިލާވަޅުތަކެއް ލިބުނު މުބާރާތެއްކަމަށެވެ. އެހެންކަމުން ބަލިވުމުގެ މާޔޫސްކަމަށްވުރެ މުބާރާތުން ދަސްވި ކަންކަން ޕޮޒިޓިވްކަމެއްގެ ގޮތުގައި ދެކި ދެން ތައްޔާރުވާނީ އަންނަ އަހަރުފަށާ ވޯލްޑްކަޕަށްކަމަށް އޭނާވަނީ ބުނެފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ލީޑު އެމެރިކާއިންވަނީ ހަތަރު ވަނަ މިނިޓުގެ ތެރޭގައި ނަގާފައެވެ. އެހެންނަމަވެސް މެކްސިކޯއިންވަނީ ފަހަތުން އަރާ ޖެހި ދެ ލަނޑާއެކު ކޮންކާކަފް ގޯލްޑު ކަޕުގެ ތަށި 10 ވަނަ ފަހަރަށް ހިއްލާލާ މިމުބާރާތުގެ ތަށި އެންމެ ގިނައިން ނެގި ގައުމުގެ ޝަރަފު ހޯދާފައެވެ. ނޫސްވެރިންނާ ވާހަކަދައްކަމުން ޕޮޗެޓީނޯ ބުނީ މެޗުން ބަލިވުމަކީ ހިތްދަތިކަމެއްކަމަށާ، އެހެންނަމަވެސް މިމުބާރާތަކީ އަންނަ އަހަރުފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކޮށުނު މަގެއްގެ ގޮތުގައި ދެކޭކަމަށެވެ. “މިއީ ލިބުނު އަގުހުރި ފިލާވަޅެއް. މިމުބާރާތުގެ ސަބަބުން ކުޅުންތެރިންގެ ކުރިއެރުމަށް މަގު ކޮށިގެން ދިޔަ” ނޫސްވެރިންގާތު ޕޮޗެޓީނޯ ބުނެފަވެއެވެ.
ޕޮޗެޓީނޯ ބުނީ ކޮންކާކަފް ގޯލްޑު ކަޕުގެ ސަބަބުން ތަފާތު ގިނަ ގޮތްގޮތުން ކުޅުންތެރިންނަށް ކުރިއެރުން ލިބުނުކަމަށް ގަބޫލުކުރާކަމަށެވެ. އަދި މުބާރާތުން ލިބުނު ތަޖުރިބާއިން ޓީމުގެ ކުޅުން އިތުރަށް ތަރައްގީވެ، ބޭނުންވާ މަންޒިލަށް ދަތުރުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް އޭނާ ބުންޏެވެ. “ތައްޓެއް ގެއްލުމަކީ މާޔޫސްކޮށްލާ ކަމެއް. އެކަމަކު އެންމެ މުހިންމު ކަމަކީ މާޔޫސީގެ ވަގުތުގައިވެސް އިސްއުފުލާލުން. މުބާރާތުގައި އަހަރެމެން މޮޅު ކުޅުމެއް ދެއްކިން. ހަމަ މިގޮތަށް ދަތުރުކޮށް އަހަރުމެން ވޯލްޑަކަޕަށް މި މިސްރާބު ޖަހަނީ” ޕޮޗެޓީނޯ ބުނެފަވެއެވެ.
ކޮންކާކަފް ގޯލްޑު ކަޕުގެ ފައިނަލަށް އެމެރިކާއިން ދަތުރުކޮށްފަވަނީ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އޭގެ ތެރޭގައި ކްރިސްޓިއަން ޕުލިސިޗްއާއި ޔޫނުސް މޫސާ ޓީމުގައި ނެތް އިރު، ވެސްޓަން މެކެނީ އާއި، ޖިއޯ ރޭނާ އަދި ޓިމް ވިއާއަށްވަނީ މިހާރު ކުރިއަށްދާ ކުލަބު ވޯލްޑު ކަޕުގެ ގަވާއިދާއި ގުޅިގެން ކޮންކާކަފް ގޯލްޑު ކަޕުގައި ކުޅެވޭގޮތް ނުވެފައެވެ. އެމެރިކާއިން ދެން އެންމެ އަވަހަށް ނުކުންނާނީ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗަކަށެވެ. މި ދެ މެޗުގައި އެމެރިކާއާ ވާދަކުރާނީ ޖަޕާން އަދި ސައުތު ކޮރެއާއިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
