
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައު ހިންގާ ގަވާއިދު ބައްޓަންކުރެވިފައި ވަނީ އަންހެނުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާޢީލް ސިމަން ވިދާޅުވެއްޖެއެވެ. ތިން އަހަރުދުވަހުގެ މެދު ކެނޑުމަކަށްފަހު އެފްއޭއެމްގެ ޢާންމު ކޮންގްރެސް މިދިޔަ މަހުގެ 27 ވަނަ ދުވަހު ބާއްވާފައިވާއިރު، މި ކޮންގްރެސްގެ ތެރެއިންވަނީ ގިނަ ކަންތައްތަކެއް ފާސްކޮށްފައެވެ. މިގޮތުން ނޯމަލައިޒޭޝަން ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތްކަމަށްވާ އެފްއޭއެމްގެ ހިންގާ ގަވާއިދުވެސް މި ކޮންގްރެސްގެ ތެރެއިން ފާސްކޮށްފަވާއިރު، އައު ހިންގާ ގަވާއިދު އެކުލަވާލުމުގައި އަންހެނުންގެ ބައިވެރިވުން ހިމެނުމަށް އިސްކަންދީފައިވާނެކަމަށް ސިމަން ފާހަގަކުރެއްވިއެވެ.
އެފްއޭއެމްގެ އައު ހިންގާ ގަވާއިދު ބައްޓަންކުރެވިފައިވާ ގޮތުން އަލަށް އެކުލަވާލާ އެގްޒެކެޓިވް ކޮމިޓީގައި އަންހެން ދެ މެމްބަރުން ތިބުމަށް ލާޒިމުކުރެއެވެ. އަދި މިއީ އަންހެނުންގެ ފުޓުބޯޅަ ތަރައްޤީކުރުމަށް ކޮންމެހެންވެސް ބޭނުންވާ މުހިންމުކަމެއްކަމަށް ސިމަން ވަނީ ވިދާޅުވެފައެވެ. “ފުޓުބޯޅަ އިންކްލޫސިވިޓީގެ ތެރެއިން މިހާރު އަޅުގަނޑުމެން އޮންނާނެ އަލަށް އެކުލަވާލެވޭ އެގްޒެކެޓިވް ކޮމިޓީގަ އަންހެން ދެ ބޭފުޅުން ތިބޭގޮތަށް ލާޒިމުކޮށްފަ. މިއީ އަޅުގަނޑަށް ހީވަނީ އަންހެނުންގެ ފުޓުބޯޅަ ތަރައްގީކުރުމަށްޓަކައިވެސް ކޮންމެހެން މުހިންމު ކަމެއްހެން” ސިމަން ވިދާޅުވިއެވެ.
އެފްއޭއެމްގެ އިސްލާހުކުރެވުނު ހިންގާ ގަވާއިދަކީ ފީފާ އާއި އޭއެފްސީގެ ލަފަޔާއެކު އަދި އެފްއޭއެމްގެ މެމްބަރުންގެ މެދުގައި އެކި ފަހަރުމަތިން މަޝްވަރާކުރެވި، ފީފާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލެވިފައިވާ ގަވާއިދެއްކަމަށް ސިމަން ހާމަކުރެއްވިއެވެ. އަދި އަލަށް އެކުލަވާލެވުނު ހިންގާ ގަވާއިދުގެ އިންތިޤާލީ މާއްދާގައި ހިމަނާފައިވާ ފަދައިން އަލަށް އިންތިޚާބުވާ އެގްޒެކެޓިވް ކޮމިޓީގެ ފަރާތުން އަންހެނުންގެ ފުޓުބޯޅަ މުބާރާތެއްގެ އޮނިގަނޑު އެކުލަވާލުމަށްފަހު ދެން އަންނަ ކޮންގްރެސްއަކަށް ހުށަހެޅުމަށް ލާޒިމުކުރާކަމަށް ސިމަންވަނީ ފާހަގަކުރައްވާފައެވެ. “މީގެ އިތުރުން އިންތިޤާލީ މާއްދާތަކުގައި ހިމަނާފައި އޮންނާނެ އަލަށް އިންތިޚާބުވާ އެގްޒެކްޓިވް ކޮމިޓީގެ ފަރާތުން އަންހެނުންގެ ފުޓުބޯޅަ މުބާރާތެއްގެ އޮނިގަނޑު އެކުލަވާލުމަށްފަހު ދެން އަންނަ ކޮންގްރެސްއަކަށް ހުށަހަޅަންޖެހޭ ގޮތަށްވެސް. އެއީ އަޅުގަނޑު ހަނދާންވާ ގޮތުގައި ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އަލަށް އިންތިޚާބުވާ ކޮމިޓީން ކުރަންޖެހޭ މަސައްކަތެއް” ސިމަން ވިދާޅުވިއެވެ.
2022 ވަނަ އަހަރަށްފަހު އެފްއޭއެމްގެ ކޮންގްރެސް ބާއްވާފައިވާއިރު، ކޮންގްރެސްގެ ތެރެއިން ވަނީ އެފްއޭއެމްގެ އައު އިލެކްޓޯރަލް ކޯޑުވެސް ފާސްކޮށްފައެވެ. އަދި މި ކޮންގްރެސްގެ ތެރެއިން އައު ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި މިމަހުގެ 26 ވަނަ ދުވަސްވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެފްއޭއެމްގެ މަގާމުތަކަށް ކުރިމަތިލުމަށް މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަވާއިރު، އެފްއޭއެމްގެ މެންބަރު 23 ކުލަބުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤު (ޓޮމް) ވަނީ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވާ ފޯމު ހުށަހަޅުއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
