
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީން އުއްމީދެއް ލިބިއްޖެ ކަމަށާއި، މި ކާމިޔާބީގެ ސަބަބުން ނެޓްބޯޅަ އާއިލާއަށް އުފާވެރިކަން ގެނެސްދީފި ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ފަޚުރުވެރި ދެވަނަ ހޯދި 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ޖޫނިއާ ގައުމީ ޓީމުން މިހޯދި ކާމިޔާބީގެ ސަބަބަބުން ނެޓްބޯޅަ ކުރިއަރަމުންދާކަން ދައްކުވައިދީފިކަމަށެވެ.
21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީ ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ނެޓްބޯޅައަށް އުފާވެރިކަން ގެނެސްދިން ދުވަހެއްކަމަށެވެ. އެކި ސަބަބުތަކާ ހުރެ މިމުބާރާތުގައި ރާއްޖެއިން ބައިވެރިނުވާތާ ހަ އަހަރު ދުވަހުގެ ދިގު މުއްދަތަކަށްފަހު ރާއްޖެއިން މުބާރާތާ ކުރިމަތިލާ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. މިކަމަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގެ ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް ދެވަނަ ލިބުމަކީ ރާއްޖޭގެ ނެޓްބޯޅައަށް ކުރިއެރުން އަންނަ ކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.
“ޔޫތު ނެޓްބޯޅަ ޓީމުން ފާއިތުވެ ދިޔަ މުބާރާތުން ގްރޫޕް ބީގެ ރަނަރަޕްކަން ހޯދައިގެން، ޕާކިސްތާނާ ކުޅެގެން އަޅުގަނޑުމެން ދެވަނައަށް މިދިޔަ ދިއުމަކީ ރާއްޖޭގެ ނެޓްބޯޅައަށް ކުރިއެރުން އަންނަ ކަމުގެ ވަރަށް ބޮޑު އަލިގަދަ ހެއްކެއް. އަދި ރާއްޖޭގެ ރޭންކިންވެސް ހަތަރު ދަރަޖަ އުފުލިގެން މިމުބާރާތުގެ ސަބަބުން އަޅުގަނޑުމެންނަށް މިދިޔައީ” ވަޒީރު ވިދާޅުވިއެވެ. ޖޫންމަހުގެ 27އިން ޖުލައި މަހުގެ 05 ވަނަ ދުވަހަށް ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގެ ފައިނަލުގައި ވާދަކޮށް ދެވަނަ ހޯދުމާއެކު ނެޓްބޯޅައިގެ އޭޝިއާގެ ޔޫތު ރޭންކިންގައި ރާއްޖެ ހަތަރު ދަރަޖަ މައްޗަށް ޖެހިލާފައެވެ. މީގެ ކުރިން ރާއްޖޭގެ ރޭންކިންއަކީ 11 ވަނަ ކަމަށްވިޔަސް މިމުބާރާތުން ހޯދި ބޮޑު ކާމިޔާބީގެ ސަބަބުން މިހާރު ރާއްޖޭގެ ރޭންކިންވަނީ ހަތް ވަނައަށް އުފުލިފައެވެ. މިކަމަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ މިކަމުން ދައްކުވައިދެނީ ނެޓްބޯޅަ އިތުރަށް ފުޅާވެ ކުރިއަރަމުންދާކަން ކަމަށެވެ.
“ރާއްޖޭގެ ރޭންކިންވެސް ހަތަރު ދަރަޖަ އުފުލިގެން މިމުބާރާތުގެ ސަބަބުން އަޅުގަނޑުމެންނަށް މިދިޔައީ، އެހެންވީމަ އަދި ޚާއްސަކޮށް ޔޫތު ޓީމު މިކަހަލަ މުބާރާތަކުން އަޅުގަނޑުމެންނަށް މިފަދަ ވަނައެއް ލިބުމަކީ މިކުޅިވަރު ކުޅޭ އަދި ޚާއްސަކޮށް ނެޓްބޯޅައިގެ ފެމިލީއަށް ވަރަށް އުފާވެރި އަދި ހަމަ މިކުޅިވަރު މިއަށްވުރެ ފުޅާވެގެންދާނެކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިގެން ދިޔަ މުބާރާތަކަށް ވެގެން މިދިޔައީ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިމުބާރާތަކީ އަޅުގަނޑުމެންނަށް ވަރަށް ދުވަސްތަކެއް ފަހުން ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ މުބާރާތެކޭ” ޖޫނިއާ ގައުމީ ނެޓްބޯޅަ ޓީމުގެ ކާމިޔާބީއާ ގުޅިގެން ވަޒީރު ވިދާޅުވެފަވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
