
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި އައްޔަން ކުރެއްވި މައުރޫފު ޖަމީލް އެ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވައި އެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގަވައިފި އެވެ. އެނގިފައިވާ ގޮތުގައި އެޗްޑީސީގެ އެމްޑީގެ މަގާމުން ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު އަންނަ މަހުގެ 18 ގައި ރިޓަޔާ ކުރައްވަނީ ސަރުކާރުގެ “އެޑްވައިޒަރީ” ފެންވަރުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށެވެ.
“ސިއްހީ ބައެއް ކަންކަމާ ގުޅިގެން އެޗްޑީސީގެ އެމްޑީގެ މަގާމުން ދުރަށް ވަޑައިގަންނަވަނީ. އެއީ ކުރިން ވެސް ނިންމަވައިގެން ހުންނެވި ކަމެއް. އަންނަ މަހުގެ 18 އިން ފެށިގެން އެޗްޑީސީން ރިޓަޔާ ކުރައްވާ ވާހަކަ ވެސް ކުރިއާލައި އެންގެވީ އެހެންވެ،” އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. ހުޅުމާލެ ތަރައްގީގެ މަސައްކަތުގައި 18 ވަރަކަށް އަހަރު ހޭދަކުރެއްވި މައުރޫފު އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ފަޒުލް އަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ. އެކަމަކު، އެ މައްސަލަތަކުގައި އެ ދެ ބޭފުޅުންނާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ފަޒީލް ހުންނެވީ މުސާރަ ލިބިވަޑައިގަންނަވާ ގޮތަސް ސަސްޕެންޝަނުގަ އެވެ.
މައުރޫފް ޖަމީލަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ވަރަށް ގިނަ ދުވަސް ވަންދެން، އެ ތަން ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ހުޅުމާލެ ހިއްކަން ފެށިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން އެ މަޝްރޫއުގައި މައުރޫފް އިސްދައުރެއް އަދާކުރެއްވި އެވެ. އޭގެ ފަހުން ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ތަނުގެ ޑިރެކްޓަ ޖެނެރަލަކަށް ނުވަތަ އެންމެ އިސްކޮށް ހުންނެވީ ވެސް މައުރޫފެވެ. އަދި އެޗްޑީސީ އުފެއްދުމާ އެކު، އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވި އެވެ. މައުރޫފް އެޗްޑީސީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
