
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަންގެ ތިން ބަނދަރަކަށް ޔަހޫދީ ފައުޖުން އަނެއްކާ ވެސް ނިރުބަވެރި ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި އޮތް ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް އަލް-ޙުދަޔިދާއާއި، ރައުސް ޢީސާ އަދި އަލް-ސާލިފްގެ ބަނދަރުތަކަށެވެ. އަދި، ރައުސް ކަޘީބު އިންޖީނުގެއަށެވެ. އެ ޙަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން ޙޫޘީން ވެސް ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައެވެ. ޔަހޫދީ ފައުޖުން ބުނީ، ޙޫޘީން ހިފަހައްޓާފައިވާ ‘ގެލެކްސީ ލީޑަރ”ގެ ނަން ދީފައިވާ އުޅަނދަށް ވެސް ޙަމަލާތަކެއް އަމާޒުކޮށްފައިވާނެ ކަމުގައެވެ. އެ އުޅަނދަކީ، ރަތް ކަނޑުން ދަތުރު ކުރަމުން ދަނިކޮށް ޙޫޘީންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އުޅަނދެކެވެ. އެ އުޅަނދު މި ވަގުތު އޮތީ ޙުުދަޔިދާގައި ބަނދަރުކޮށްފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ.
މިއީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީން ޔަމަނަށް ބޮންއަޅާފައިވާ ފުރަތަމަ ފަހަރެވެ. ޔަހޫދީން ބުނީ، ޔަމަނަށް ބޮން އަޅާފައި ވަނީ މިސައިލެއް ބޭނުން ކޮށްގެން ޙޫޘީން ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަަލާ ދިނުމަށް މަސައްކަތް ކުރުމުން ކަމުގައެވެ. އެ މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. ޔަމަންގެ ބަނދަރުމަތީ ރަށްތަކަށް ޔަހޫދީން ޙަމަލާ ދިނުމާ ގުޅިގެން ރައްދުގައި ޙޫޘީން ވެސް ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް އިތުރު ޙަމަލާތަކެއް ދީފައެވެ. ޔަހޫދީ ފައުޖުން ބުނީ، ޙޫޘީން ބޭނުން ކޮށްފައިވާ ދެ މިސައިލެއް ދިފާޢު ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމުގައެވެ.
ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ޤުދުސާއި އަލް-ޚަލީލްގައި އިންޒާރުގެ ރަނގަބީލު އެޅިއެވެ. އަދި، އެ ރަށްތަކުގައި ދިރިއުޅޭ ޔަހޫދީން ބިންގަރާސްތަކަށް ވަދެ ފިލިއެވެ. ޙޫޘީންގެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައި ނެތް ކަމުގައި ޒަޔަނިސްޓުންގެ އެމަރޖެންސީ ޚިދުމަތްދޭ އިދާރާތަކުން ބުންޏެވެ. ޙޫޘީންނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެންނެވެ. ޙޫޘީން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ ޔަހޫދީންގެ މަސްލަޙަތު އޮތް އާގުބޯޓުފަހަރާއި، ޔަހޫދީންގެ މަދަދުގާރުންނާ ގުޅުން އޮތް އުޅަނދުފަހަރަށް ވެސް ޙަމަލާ ދޭން ފަށާފައެވެ.
ޙޫޘީންގެ އަމާޒަކަށްވީ، ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޤަތުލުޢާންމު ހުއްޓައިލުމަށް ޔަހޫދީންނަށް މަޖުބޫރު ކުރުވުމެވެ. މި ގޮތުން، ރަތް ކަނޑުން ދަތުރު ކުރި 100އެއްހާ އުޅަނދަށް ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާއިރު، އޭގެ ތެރެއިން ދެ އުޅަނދު ވަނީ ފައްތައިލާފައެވެ. ޒަޔަނިސްޓުންގެ ރަށްތަކަށް ދެމުން ދިޔަ ޙަމަލާތައް ޙޫޘީން މެދުކަނޑައިލާފައި ވަނީ، ޖަނަވަރީ މަހު ޣައްޒާ ޤަތުލުޢާންމު މެދުކަނޑައިލުމާ ގުޅިގެންނެވެ. ނަމަވެސް، ޔަހޫދީންނާ ބައިވެރިވެ މާރިޗު 15ވަނަ ދުވަހު އެމެރިކާއިން ޔަމަނަށް ބޮންއަޅަން ފެށުމާ އެކު ޙޫޘީން ވެސް ވަނީ ރައްދު ޙަމަލާތައް ފަށާފައެވެ. އެމެރިކާގެ ނިރުބަވެރި ޙަމަލާތަކުގައި 300އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޔަމަނަށް ދީފައިވާ ޙަމަލާތަކާ އެކުއެކީގައި ޔަހޫދީ ފައުޖުން ވަނީ ލުބްނާނަށް ވެސް ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެއީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ އެކު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ހަދާފައިވާ އެެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދީފައިވާ ޙަމަލާތަކެކެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާންގެ ދެކުނުގެ ރަށްތަކާއި އިރުމަތީގައި އޮތް އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
