
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަންގެ އައްސޭރިފަށުން، ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ އާގުބޯޓަކަށް ހަތިޔާރު އެޅި ގުރޫޕަކުން ޙަމަލާދީފިއެވެ. ގްރީސްގެ ކުންފުންޏަކުން އޮޕަރޭޓު ކުރާ ލައިބީރިޔާ އުޅަނދަށް ޙަމަލާ ދީފައި ވަނީ ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ކަމަށް ބެލެވެއެވެ. ނަމަވެސް، އެ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ކުންފުނިތަކުން ބުންޏެވެ. ‘މެޖިކް ސީސް’ގެ ނަން ދީފައިވާ އުޅަނދަށް ޙަމަލާ ދިނުމަށް ބަޑިއާއި، ބޮމުގެ އިތުރުން ކަނޑުގައި ބޭނުން ކުރާ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ކުދި އަށް އުޅަނދެއްގައި ތިބި ހަތިޔާރު އެޅި ބަޔަކު، މެޖިކް ސީސްއަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދޭން ފެށުމުން، އެ އުޅަނދުގައި ތިބި ސަލާމަތީ އޮފިސަރުން ރައްދު ޙަމަލާ ދީފައިވާ ކަމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ އިދާރާ (ޔޫކޭއެމްޓީއޯ)ގެ އިތުރުން އެމްބްރޭން ހާމަކުރިއެވެ.
އެއަށް ފަހު، ކަނޑުގައި ބޭނުން ކުރާ ޑްރޯނާއި މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްގެން އާގުބޯޓަށް ޙަމަލާ ދީފައިވާ ކަމުގައި އެމްބްރޭން ބުންޏެވެ. “އޭގެ ތެރެއިން ދެ ޔޫއެސްވީ [ކަނޑުގައި ބޭނުން ކުރާ ޑްރޯން] ޙަމަލާ އުޅަނދަށް އަރައި އޭގައި ބަރުކޮށްފައި ހުރި މުދަލަށް ގެއްލުންވި،” އެމްބްރޭން ބުންޏެވެ. އެ ހަމަލާތަކުގައި އާގުބޯޓުގައި އަލިފާން ރޯވި ކަމުގައި ޔޫކޭއެމްޓީއޯން ހާމަކުރިއެވެ. އަދި، އުޅަނދު ދިޔަވާން ފެށުމާ އެކު، އޭގައި ތިބި ފަޅުވެރިން އުޅަނދު ދޫކޮށް ފުންމައިލާފައިވާ ކަމުގައި އެ އުޅަނދު އޮޕަރޭޓު ކުރާ ސްޓެމް ޝިޕިންގް ކުންފުނިން ބުންޏެވެ. އެ މީހުން ސަލާމަތް ކޮށްފައި ވަނީ އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެހެން އާގުބޯޓަކުންނެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމުގައި ޔޫކޭއެމްޓީއޯން ބުންޏެވެ.
މެޖިކް ސީސް އާގުބޯޓަށް ދީފައިވާ ވަރުގަދަ ޙަމަލާތަކުގެ ޒިންމާ އެއްވެސް ގުރޫޕަކުން އުފުލާފައެއް ނެތެވެ. ނަމަވެސް، އެމްބްރޭން ބުނީ، އެއީ ޙޫޘީންގެ ޙަމަލާތަކެއް ކަމަށް ބެލެވޭ ކަމުގައެވެ. އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ޔަމަންގެ ބަނދަރުމަތީ ރަށް، އަލް-ޙުދަޔިދާގެ ހުޅަނގުދެކުނުން 51 ނޯޓިކަލް މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށެވެ. މިއީ، އޭޕްރިލް މަހަށް ފަހު ރަތް ކަނޑުން ދަތުރު ކުރި އުޅަނދަކަށް ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މެދުއިރުމަތީގައި މި ވަގުތު އޮތީ ވަރަށް ހައްސާސް ހާލަތެއް އުފެދިފައެވެ. އަދި، ބޮޑު ހަނގުރާމައެއް ފެށުމުގެ ނުރައްކާ ވަނީ އިތުރުވެފައެވެ. ޖޫން 13ވަނަ ދުވަހު ޔަހޫދީން ވަނީ މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. 12 ދުވަހަށް ފަހު ޔަހޫދީންގެ ޙަމަަލާތައް މެދުކަނޑައިލާފައި ވަނީ، އެމެރިކާއިން ވެސް އެ މީހުންނާ ބައިވެރިވެ، އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިން ފަހުންނެވެ. އެ ޢުދުވާންތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ޒަޔަނިސްޓުންގެ ރަށްތަކާއި ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޙަމަލާ ދީފައެވެ.
ޙޫޠީންނަކީ، އީރާނުން ވާގިވެރިވާ ކަމަށް ހުޅަނގުން ޤަބޫލު ކުރާ ‘އެކްސިސް އޮފް ރެސިސްޓެންސް’ގައި ހިމެނޭ ޖަމާޢަތެކެވެ. އެކްސިސަކީ ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ތެދުވެ، ހަތިޔާރު އުފުލާފައިވާ ލަޝްކަރުތަކުގެ މައްޗަށް އެކުލެވިގެންވާ ބާރުގަދަ އިއްތިޙާދެކެވެ. ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެންނެވެ. މި ގޮތުން، 100އެއްހާ އުޅަނދަށް ޙޫޘީންގެ ޙަމަލާތައް އަމާޒުކޮށްފައިވާއިރު، ދެ އުޅަނދެއް ވަނީ ފައްތައިލާފައެވެ. އަދި، އެއް އުޅަނދު ވަނީ ޙޫޘީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މޭ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް ޙޫޘީންނާ އެކު އެއްބަސްވުމެއް އެކުލަވައިލުމާ އެކު، އެ ޖަމާޢަތުން ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި އެ ޤައުމުގެ މަސްލަޙަތު އޮތް އާގުބޯޓުފަހަރަށް ޙަމަލާ ދިނުން ހުއްޓައިލާފައެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
