
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިކޮށް މެކްސިކޯ އިން 10 ވަނަ ފަހަރަށް ކޮންކާކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. އެމެރިކާގެ ހޫސްޓަންގެ އެންއާރުޖީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ކާމިޔާބު ކުރުމާއިއެކު މެކްސިކޯ ވެފައިވަނީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ގިނައިން ޗެމްޕިއަންކަން ހޯދާފައިވާ ގައުމަށް ވެފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މެކްސިކޯ އިން ހޯދިއިރު އެ ޓީމު މި މުބާރާތުގެ މެޗަކުން ބަލިވެފައެއް ނުވެއެވެ. މަޝްހޫރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެމެރިކާ ކުޅުނު މި މެޗުގެ 4 ވަނަ މިނިޓުގައި ކްރިސް ރިޗަޑްސް ވަނީ ލަނޑެއް ޖަހާ އެމެރިކާއަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ސެބަސްޓިއަން ބަރހޯލްޓަރ ނަގައިދިން ހުރަހަކުން ބޮލުންޖަހާ ރިޗަޑްސް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ނަމަވެސް އޭގެ 23 މިނިޓު ފަހުން މެކްސިކޯގެ ރައުލް ހިމިނޭޒް ވަނީ ލަނޑެއް ޖަހާ މެކްސިކޯ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ހިމިނޭޒް މި ލަނޑު ޖެހުމަށްފަހު ވަނީ ދާދި ފަހުން ކާރު އެކްސިޑެންޓެއްގައި މަރު ޕޯޗުގަލްގެ ފޯވަޑް ޑިއެގޯ ޖޮޓާގެ ހަނދާން އައުކޮށްފަ އެވެ. ހިމިނޭޒް ވަނީ ޖޮޓާ އާއިއެކު ޕްރިމިއާ ލީގުގެ ކްލަބް ވޮލްވްސް އަށް ކުޅެފަ އެވެ. މި މެޗުން މެކްސިކޯ މޮޅުވި ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޑްސަން އަލްވަރޭޒް އެވެ.
ދެކުނު އެމެރިކާގެ ގައުމު ތަކުގެ މެދުގައި ކުޅެވޭ ގޯލްޑް ކަޕްގައި ޖުމްލަ 16 ގައުމު ވާދަކުރިއިރު އޭގެ ތެރެއިން އެމެރިކާ ބައްރުން ބޭރު ގައުމަކަށް މި މުބާރާތުގައި ވާދަކޮށްފައިވަނީ ސައުދި އަރަބިއްޔާ އެވެ. ދާދި ފަހުން އެމެރިކާގެ ކޯޗު ކަމާއި ހަވާލުވި ޕޮޗެޓީނޯ ވަނީ 2019 ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. އެމެރިކާގެ ކޯޗު ކަމާއި އޭނާ ހަވާލުވެފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޗެލްސީގެ ކޯޗު ކަމުން އޭނާ ވަކިކުރުމާއި ގުޅިގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
