
(ފޮޓޯ ކްރެޑިޓްސް: އާސެނަލް ފުޓްބޯޅަ ކްލަބް)
ރެއާލް ސޮސިއެޑާޑްއަށް ކުޅެމުންދާ ސްޕެއިންގެ މިޑްފީލްޑަރ މާޓިން ޒުބިމެންޑީ 60 މިލިއަން ޕައުންޑުގެ ފީއަކަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް އަށް ގެންގޮސްފި އެވެ. އުމުރުން 26 އަހަރުގެ ޒުބިމެންޑީ އަށް ވަރުގަދަ ކްލަބްތަކެއް ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑާޢި ބަޔާން މިއުނިކްގެ އިތުރުން ލިވަޕޫލް އިން ލިބުނު ހުށައެޅުންތައް ދޫކޮށްލުމަށްފަހު އޭނާ ވަނީ ރެއާލް ސޮސިއެޑާޑް ގައި މަޑުކޮށްފަ އެވެ. ޒުބިމެންޑީ އާސެނަލް އާއި ގުޅުނު އިރު ކުރިއަށް އޮތް ސީޒަނަށް އެ ކްލަބް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިއީ މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި އެ ކްލަބަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އާސެނަލް އިން ވަނީ ޗެލްސީގެ ގޯލު ކީޕަރު ކެޕާ އަރިޒަބަލާގާ އެ ކްލަބަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން އާސެނަލް އިން ގެންދަނީ ސްޕޯޓިން އަށް ކުޅެމުންދާ ފޯވަޑް ވިކްޓަރ ގިޔޮކޭރެސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހޯދުމަށް އާސެނަލް އިން ވަނީ 70 މިލިއަން ޕައުންޑުގެ ފީއެއް ހުށައަޅާފަ އެވެ. ރެއާލް ސޮސިއެޑާޑް އަށް 236 މެޗު ކުޅެދީފައިވާ ޒުބިމެންޑީ ވަނީ އެ ކްލަބަށް 10 ލަނޑު ޖަހައިދީފަ އެވެ. ޒުބިމެންޑީ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް މިހާތަނަށް 19 މެޗު ކުޅެދީފަ އެވެ. އަދި ރޮޑްރީ އަށް ލިބުނު އަނިޔާއަށްފަހު ސްޕެއިންގެ ގައުމީ ޓީމުން އޭނާއަށް ގަވާއިދުން ވަނީ ފުރުސަތު ލިބިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
