
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި ހުންނެވިއިރު، ސިއްހީ ހާލަތުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެ ސިންގަޕޫރަށް ވަޑައިގަތް ކޮންމެ ފަހަރަކު ވަގު ޑީލުތައް ހަދާފައިވާ ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ. ފަލާހު މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޔާމީނު ތުހުމަތު ކުރެއްވުމާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ. ފަލާހު ވިދާޅުވި ގޮތުގައި ވެރިކަމުގައި ހުންނަވައިގެން ޔާމީނު ވަނީ އަމިއްލަ ފައިދާއަށްޓަކައި ވަގު ޑީލުތައް ހަދައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައެވެ.
ހަސަނަށް ހީވާނެ، ފުޅަށް ބުޑުން ދަންޏަ، ކެޔޮގަނޑު ކަނޑާލާނެހެން، އަޅެފަހެ ދުލުން ލާރިނޫން އެއްޗެއް ބޭރުވާން ވެެއްޖެއްނު، އަމިއްލަ ވެރިކަމުގައި ބަލިވެގެން ކަމަށްހަދާފަ، ސިންގަޕޫރަށްކުރި ކޮށްމެ ދަތުރެއް ކުރީ، ވަގު ޑީލު ހަދާ ދައުލަތް ލޫޓުވަން، ވީމަ ތިހީވަނީ ހުރިހާ ވެރިންވެސް އެކަންކުރާނީ އެހެންކަމަށް.” ފަލާހު ވިދާޅުވިއެވެ.
ޔާމީނު ވަނީ ރައީސް މުއިއްޒު އެންމެ ފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އަދާނީ ގުރޫޕުގެ ޗެއާމަނާ ބައްދަލުކުރައްވައި ހަނިމާދޫ އެއާޕޯޓު ވިއްކާލުމަށް ވާހަކަފުޅު ދެއްކެވި ކަމަށްވެސް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް ރާއްޖޭގެ ތާރީހުގައި ކުރި އެންމެ ބޮޑު ވައްކަން ކޮށްފައިވަނީ ޔާމީނުގެ ސަރުކާރުގައެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް އަދިވެސް އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ދައުވާ ކުރެވެއެވެ. ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނުގުމުންނޭ ބުނާ މިސާލުން ޔާމީނުގެ ވައްކަންވެސް ފަޅާ އެރީ ވެރިކަމުގެ ދައުރު ނިމުމުންނެވެ. އެހެންކަމުން ފުޅަށް ބުޑުން ދަންޏާ ޔާމީނަށް ހީވާނީ ކެޔޮގަނޑު ކަނޑާލާން އުޅެނީ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. މި ތުހުމަތުތަކަށް ޕީއެންސީގެ ގިނަ ބޭފުޅުން ރައްދު ދެއްވާފައިވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ޝެޑިއުލާ އެއްގޮތަށް މިއަހަރުގެ ސެޕްޓެމްބަރަށް އެއްކޮށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަހުމަދު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
