
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުޞަތުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝަޢުގުވެރިކަން އެބަހުރިކަމަށާއި، އޭގެ ރަނގަޅު ނަތީޖާ ފެންނާނެކަމަށް އުންމީދުކުރެވޭކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ފަހުގެ ތާރީޚުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް އައި ކުރިއެރުމުގައި ސިންގަޕުރަކީ މުހިންމު ބައިވެރިއެއްކަމަށެވެ.
ސިންގަޕޫރުގައި ބޭއްވި މީޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މާލީ ކަންކަމާއި ތަރަޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ސިންގަޕޫރުގެ ވަރަށް ގިނަ އިންވެސޓަރުން އެބަތިބިކަމަށެވެ. އަދި އިތުރު އިންވެސްޓަރުންގެ ޝަޢުގުވެރިކަންވެސް ރާއްޖެއަށް ލިބެމުން އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަހުގެ ތާރީޚުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްއައި ކުރިއެރުމުގައި ސިންގަޕޫރަކީ ވަރަށް ބޮޑަށް ބައިވެރިވެފައިވާ ޤައުމެއްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ސިންގަޕޫރުގެ އިންވެސްޓަރުންނާއި ސިންގަޕޫރުގައި ރަޖިސްޓްރީވެގެން ރާއްޖޭގައި ވިޔަފާރި ކުރުމާއި އަދި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރާ ބޮޑެތި ހޮޓެލްތަކާއި އޮފީސްތައްވެސް ހުރޭ. މި އޮޕަޗިއުނިޓީ ބޭނުންކޮށްގެން ރާއްޖޭގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިކޮނަމީ ޑައިވާސިފައި ކުރުމަށް ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީ ވަރަށް ގިނަ އިންވެސްޓާސްއާއި ސަރުކާރުގެ ފަރާތުންވެސް ރައީސް އާ ބައްދަލުކޮށް ރާއްޖެއިން ލިބެން ހުރި ޚިދުމަތްތަކާއި ބަދަލުވަމުންދާ ޙާލަތާއި އިންވެސްޓަރުންނަށް ފަސޭހަވާނެ ގޮތަށް ކުރެވޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދައިފި.” މާލީ ކަންކަމާއި ތަރަޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްއަކީ ވަރަށް ކާމިޔާބު ފޯރަމެއްގެ ގޮތުގައި ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ މި ފޯރަމްގެ ނަތީޖާ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަށް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާއިގުޅިގެން ދެ ޤައުމުގެ ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހިވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށާއި، ޚާއްޞަކޮށް ވިޔަފާރީގެ ގުޅުންވެސް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންވެސް ވަނީ ބިޒްނަސް ފޯރަމްގެ ކާމިޔާބީ ފާހަގަކުރައްވަފައެވެ. އެގޮތުން ރާއްޖޭގައި މިހާރު ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ މަޝްރޫޢުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝައުގިވެރިކަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސިންގަޕޫރުގެ ގިނަ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކޮށް ކާމިޔާބު އިންވެސްޓަރުންނަށް ވާނެކަމަށް އިންމީދުކުރެވޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ސިންގަޕޫރަކީ ރާއްޖެއާއެކު 50 އަހަރުގެ ގުޅުން ބަދަހިވެގެން ދިޔައިރު ރާއްޖޭގެ ތަރައްޤީގެ މަގުގައި ބޮޑު ހިއްސާއެއް އޮތް ބައެއް ސިންގަޕޫރުގެ އިންވެސްޓަރުންނަކީ. ޚާއްސަކޮށް ޓުއަރިޒަމް އިންޑަސްޓްރީގައި. ސިންގަޕޫރުގެ އިންވެސްޓަރުންނަކީ އެ ޤައުމުގެ ތަރައްޤީއަށް ބިނާކޮށް އޭގެއިން އަޅުގަނޑުމެން އަބަދުވެސް ލެސަންތައް ލާރންކުރަމުން އަންނަ ޤައުމެއް. އުންމީދަކީ ސިންގަޕޫރުގެ އިންވެސްޓަރުން، އަޅުގަނޑުމެން ފެންނަން ބޭނުންވާ މަޝްރޫޢުތަކަށް އިންވެސްޓްކޮށްގެން އެ މަޝްރޫޢުތަކަކީ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ކާމިޔާބު ލިބި އޭގެ ފޮނި މީރުކަން ދިވެހިންނަށް ލިބޭނެ މަޝްރޫޢުތަކަކަށްވުން.” ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ބިޒްނަޒް ފޯރަމްގައި 200 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައިވެއެވެ. މި ފޯރަމަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރަން އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި ފޯރަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފަހި ސިޔާސަތު ދައްކުވައިދޭ ނަމޫނާއެކެވެ. 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ރޭވިފައިވާ ކަންކަމުގެތެރޭގައި ހިމެނޭ، ސާފު ހަކަތައާއި މަތީ ފަންތީގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްޤީ އަދި ޑިޖިޓަލް އިޤްތިޞާދުގެ ދާއިރާތަކުން ހުރި މުހިންމު އިންވެސްޓްމަންޓް ފުރުޞަތުތައް، މި ފޯރަމްގެ މުހިންމު ބައެއްގޮތުގައި އާންމުކުރައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
