
އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ނަތީޖާއާ މެދު އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފި އެވެ. މި ނުރުހުން އެންމެ ބޮޑަށް ފާޅު ކުރީ އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރުންނެވެ. މިއާއެކު ކޯޗު ސްޕޭނުގެ މޮނޮލޯ މުނޯޒް ވަނީ މިދިޔަ ބުދަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ. ކަންބޮޑުވުން ފާޅުކުރެއްވި މެމްބަރުން ވިދާޅުވީ އިންޑިޔާ އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވީ މާޗު މަހު ދިވެހިރާއްޖެއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު އެކުވެރިކަމުގެ މެޗުން 3-0އިން އެކަނި ކަމަށެވެ. މިއީ ޓީމުގެ ފެންވަރު ދެރަވެފައިވާކަން ވަރަށް ބޮޑަށް ސާބިތުކޮށްދޭ ނަތީޖާތަކެއް ކަމަށެވެ. އަދި މި ސޯޅަ މެޗުގައި ހަތް ގޯލު ޖެހިފައިވާއިރު މެޗަކަށް ޖެހިފައިވަނީ 0.5 ގޯލު ކަން ވެސް އެ ފަރާތްތަކުން ފާހަގަ ކުރި އެވެ.
އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަލިއާން ޗައުބޭ ވިދާޅުވީ ގައުމީ ޓީމުގެ ނަތީޖާތައް ދަށްވެ ފީފާގެ ރޭންކިންގައި ދަށް ވަމުން ދިއުމުން އެ ގައުމުގެ ޔޫތު ޕޮލިސީ އާއި ކުލަބު ލެވެލްގެ މުބާރާތްތަކުގެ ޕޮލިސީ އަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އިންޑިޔާގައި މިވަގުތު ނަތީޖާ ދަށްވެގެން އުޅެނީ ގައުމީ ޓީމުގައި އެކަނި ނޫން ކަމަށާއި އުމުރު ފުރާތަކުގެ މުބާރާތްތަކުގެ ނަތީޖާ ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. މިކަމަށްޓަކައި ޔޫތު ސިސްޓަމް ވަރުގަދަކޮށް، ކުރިމަގަށް ކުޅުންތެރިން ބިނާ ކުރުމުގެ ޕްލޭން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
އިންޑިޔާއިން ރިޓަޔާކޮށްފައި ހުރި ކުރީގެ ކެޕްޓަން އަދި އިތުބާރު ފޯވަޑް ސުނިލް ޗެތްރީ އަލުން ގައުމީ ޓީމަށް ގެނައީ ރާއްޖެ މެޗުގެ ކުރިންނެވެ. ޗެތްރީ ވަނީ އެނބުރި އައިސް ރާއްޖެ ކޮޅަށް ގޯލެއް ވެސް ޖަހާފަ އެވެ. އުމުރުން 40 އަހަރުވާން ގާތްވެފައިވާ ފޯވަޑް އަލުން ގައުމީ ޓީމަށް ގެނައުމަކީ ކޯޗު މުނޯޒްގެ ގޯސް ނިންމުމެއް ކަމަށް އޭނާގެ ކުރިން ހުރި ކޯޗު ކްރޮއޭޝިޔާގެ އިގޯ ސްޓިމަކް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އޭނާ މިހެން ބުނިތާ ތިން މަސް ދަހުން އިންޑިޔާގެ ފުޓްބޯޅައިގެ ތަޖުރިބާ ކާރުން ވެސް ވަނީ ގައުމުގައި ރަނގަޅު ފޯވަޑަކު ނުއުފެދޭކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިންޑިޔާ އެންމެ ފަހުން ކުޅުނު 16 މެޗަށް ބަލާއިރު މޮރިޝަސްއާ ކުޅެ ވަނީ އެއްވަރުވެފަ އެވެ. ސީރިއާ އަތުން ބަލިވީ 3-0 އިންނެވެ. ވިއެޓްނާމާ މެލޭޝިޔާ ކުޅެ އެއްވަރުވީ އެވެ. ބަނގްލަދޭޝްއާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި އިރު ތައިލެންޑާއި ހޮންކޮން އަތުން ބަލިވީ އެވެ. މިއީ ފާއިތުވެދިޔަ 32 އަހަރު ތެރޭގައި ހޮންކޮން އަތުން ބަލިވި ފުރަތަމަ ފަހަރެވެ. މޮޅުވީ ރާއްޖެ އަތުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
