
ސަރުކާރުން ފަށާފައިވާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް 2.0ގައި އެންމެ އިސްކަމެއްދޭ އެއް ދާއިރާގެ ގޮތުގައި ސިއްޙީ ދާއިރާ ހިމެނިގެން ދިއުމަކީ، ސަރުކާރުން މިދާއިރާއަށް ގެންނަން ގަސްތުކުރާ އުއްމީދީ ބަދަލު ހާމަވެގެންދާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި، ދިވެހިރާއްޖޭގެ ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާޙުކޮށްދެއްވާފައެވެ. މިއީ އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި، ވަސީލަތްތައް ބޭނުންކޮށްގެން، ޓެލެކޮމިއުނިކޭޝަން މެދުވެރިކޮށް ޚާއްސަ ވިއުގައަކުން ސިއްޙީ ޚިދުމަތުގެ ނިޒާމު ގުޅާލެވޭ ޚިދުމަތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޒަމާނީ ބަދަލުތަކާއެކު ސިއްޙީ ދާއިރާއިންވެސް އިންގިލާބީ ކުރިއެރުންތައް ހޯދަމުންދާކަމަށެވެ. އަދި ރާއްޖެއިންވެސް އެކަންކަމަށް އަހުލުވެރިވަމުން އަންނައިރު، ކުޅުދުއްފުށީގައި މި ފެށި ޓެލެމެޑިސިންގެ ޚިދުމަތްވެގެންދާނީ ރައްޔިތުންނަށް ސިއްޙީ ޚިދުމަތާއި ބޭސްފަރުވާގެ ލުއިފަސޭހަތައް ގެނެސްދޭނެ ޚިދުމަތަކަށްކަމަށެވެ. “ސަރުކާރުގެ 2.0 މަޝްރޫޢުގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީއާ ސިއްޙީ ދާއިރާ ލާމެހިގެންދާނީ އާދަޔާ ޚިލާފަށް ޔަގީންކަމަކާއެކު. މިޕްރޮޖެކްޓްގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެތެރޭގައި ސިއްޙީ ދާއިރާ މިވަނީ ހިމަނާފަ. މިއީ މިދާއިރާގެ ތަރައްޤީއަށް އުއްމީދީ ފުރުޞަތެއް. ސިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނައިރު، މި ނިޒާމުގެ އިތުބާރާ ޔަގީންކަން ރައްޔިތުންނަށް ލިބޭނެ.” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް އެ ހޮސްޕިޓަލަށް 1ލައްކަ 20ހާހައަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކިކަން ފާހަގަކުރައްވާ، ސާޖިދާ ވިދާޅުވީ ފަރުވާގެ ނިޒާމު ކަށަވަރުކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާ ލާމެހިފައިވުމަކީ އެންމެ ފައިދާހުރި ގޮތްކަމަށެވެ. މިއީ ފަސޭހަ އަދި އިތުބާރުހުރިގޮތްކަމަށް އެކަމަނާ ވިދާޅުވިއެވެ. ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ސިއްޙީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ދިރުއުޅުމުގެ އަމިއްލަ އާދަތައް އިސްލާހުކުރުމާއި ސިއްޙީ ތަޢުލީމު އެކި ފެންވަރުގައި ލިބިގަތުމާއި ދާއިރާގެ ޢިލްމާއި ހުނަރު ދަސްކުރުމާއި އަދި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ތަންތަން ބިނާކުރުން ވަރަށް މުހިންމުކަމަށެވެ. އަދި ޤައުމެއްގެ ތަރައްޤީގައި ސިއްޙީ، ޖިސްމާނީ، ނަފްސާނީ އަދި ރޫހާނީ ސިއްޙަތު މުހިންމު ދަޢުރެއް އަދާކުރާކަމަށެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ރާއްޖެ އުފެދިފައި އޮތް ގޮތުން ސިއްޙީ ޚިދުމަތް ދިނމުގައި ހުރި ގޮންޖެހުންތަކާއެކުވެސް، މި ނިޒާމު ހަރުދަނާކުރުމުގައި ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރައްވާފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުން އެ ހޮސްޕިޓަލްގެ ކުރިއެރުމަށް ކުރަމުންއަންނަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާ މަރުޙަބާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
