
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިފްތިތާޙްކުރައްވައިފިއެވެ. މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކުޅުދުއްފުށީ ރީޖނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ސިއްޙީ ޚިދުމަތް 1960ގެ ފަހުކޮޅުން ފެށިގެން ކުޅުދުއްފުށީގައި ދެމުން ދިޔަނަމަވެސް އަސާސީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް ފަށާފައިވަނީ 1982 ވަނަ އަހަރުއެވެ. މިވީ 43 އަހަރުގެ ތެރޭގައި ހޮސްޕިޓަލުންވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އަހަރީ ދުވަހުގެ ޖަލްސާގައިވަނީ މުހިންމު 3 ޚިދުމަތެއް ހޮސްޕިޓަލުގައި އިފްތިތާޙްކުރައްވާފައެވެ. އޭގެތެރޭގައި ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓްވެސް ހިމެނެއެވެ.
މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ޓެލެމެޑިސިންގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުންގެންދާނީ އައިޖީއެމްއެޗާއި ފ.އަތޮޅު ހޮސްޕިޓަލާއި ގުޅިގެންނެވެ. އެގޮތުން ފ.އަތޮޅުގައި ނެތް ޚިދުމަތްތައް ކުޅުދުއްފުށީ ހޮސްޕިޓަލުން އަދި، ކުޅުދުއްފުށި ހޮސްޕިޓަލުގައި ނެތް ޚިދުމަތްތައް އައިޖީއެމްއެޗް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މިއާއެކު ޓެސްޓުގެ ނަތީޖާ އޮންލައިންކޮށް ދައްކާލުންފަދަ ފަސޭހަތައް ލިބިގެންދާނެއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީ ވިދާޅުވީ، ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
“ހޮސްޕިޓަލުގެ ތަފާސްހިސާބަށް ބަލާއިރު، އެންމެ ގިނައިން މާލެއަށް ރިފަަރކުރަންޖެހިފައިވަނީ ހިތުގެ ބަލިތަކާއި އަދި ސްޓްރޯކްގެ ކޭސްތަކުގައި. އެހެންކަމުން ޓެލެމެޑިސިންގއާއެކު މިކަމުގައި ހޮސްޕިޓަލަށް ކުރިއެރުން އަންނާނެކަމަށް އުއްމީދުކުރަން.” ސީއީއޯ ވިދާޅުވިއެވެ. ޓެލެމެޑިސިންގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވަނީ ގައިންގަޔަށް ނާރާ ބަލި މީހުންނަށް ޚާއްސަ ކްލިނިކެއްގެ އިތުރުން އެންޑޯމެޓްރިއޯސިސްގެ ޚިދުމަތްވެސް އިފްތިތާޙްކުރައްވާފައެވެ. މިއާއެކު ގައިންގަޔަށް ނާރާ ބަލިތަކުން ދުރާލާ ރައްކާތެރިވެވި ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ހަމައެއާއެކު އަންހެނުންގެ ތެރޭގައި އޮތް ވޭންހުރި ބައްޔެއްގެ ގޮތުގައި އެންޑޯމެޓްރިއޯސިސް ފާހަގަކުރެވޭއިރު މީގެފަރުވާ އިތުރަށް ފުޅާވެ އެފަދަ ވޭން ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގުފަހިވާނެކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިޖަލްސާގައިވަނީ ހޮސްޕިޓަލުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކާއި، އަދި ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކުރައްވައި ހަނދާނީ ފިލާދެއްވާފައެވެ. ހަމައެއާއެކު ހޮސްޕިޓަލަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ދެބޭފުޅުންކަމުގައިވާ މަރްޙޫމް ޙަސަން އަޙްމަދު އަދި މަރްޙޫމް މުޙައްމަދު ޙަސަންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއްވެސްވަނީ ޖަލްސާގައި ގެންނަވާފައެވެ. އަދި ހޮސްޕިޓަލުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކޮށްވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
