
ސްކޫލް ދަރިވަރުންނަށް ސައިބަރ ބުލީ ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ގަނާކުރަމުން އައި ޕޭޖުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްޓުވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިފަދަ ޢަމަލުތައް ހިންގާ “ކޮންފެޝަން” ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެފަދަ ޕޭޖްތައް ހުއްޓުވުމަށް އެ މުއައްސަސާއިން ޚާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަކީ ސްކޫލް ދަރިވަރުންގެ މެދުގައި މަގުބޫލު ޕްލެޓްފޯމުތަކެކެވެ. މިފަދަ އެއް ޕްލެޓްފޯމަކީ އިންސްޓަގްރާމެވެ. އެހެންވެ، އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ކުދިންނަށް ބުލީ ކުރުން ނުވަތަ ގަނާ ކުރުމުގެ އަމަލުތައް ހިންގަމުން އަންނަކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުން ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރާ ސައިބަރބުލީގެ އަމަލުތައް އިތުރުވަމުންދާކަމަށެވެ. އެހެންވެ އެކަން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން ޚާއްސަ ފިޔަވަޅުތަކެއް އަޅަންފަށާފައިވާ ކަމަށާއި ފާއިތުވެދިޔަ ހަފުތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މި 22 ޕޭޖުގެ އިތުރުން އެފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ސައިބަރ ބުލީގެ މިމައްސަލައަކީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށެވެ. އެގޮތުން، ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި، ހިންގަނީވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުންކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިފަދަ ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް އެ ޕޭޖްތަކުގައި ޝާއިއުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ޕޭޖުތަކުގައި އެ މުއައްސަސާއިން ވަނީ އިންޒާރުގެ ޕޯސްޓުތައް ހިއްސާކޮށްފައެވެ. އެގޮތުން އެފަދަ އަމަލުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކުދިންގެ މައްސަލަ ބަަލައި ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ އިންޒާރު ދެއްވާފައެވެ. މިހާރު ކުރިއަށްދާ ތަހުގީގަށް އެހީވުމުގެ ގޮތުން އެފަދަ ޕޭޖްތަކުގެ ޝިކާރައަކަށްވި ކުދިންގެ މައުލޫމާތު ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރާ ހިއްސާކުރަންވެސް މި ޕޭޖުތަކުގައި ފުލުހުން ހިއްސާ ކުރައްވާފައިވާ ޕޯސްޓުގައި ވަނީ އެދިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
