
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އުފެއްދުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމާއި ގުޅޭގޮތުން ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ. މިމަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 1 އިން 6 އަށް ބާސެލޯ ނަސަންދުރަގައެވެ. އިޤްތިޞާދީ ވުޒާރާއިން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް، އޭޑީބީގެ ފަންނީ އެހީތެރިކަމާއެކު ބްރިޓިޝް ކައުންސިލް އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި ގިނަ ދާއިރާތަކުން މީހުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސެޝަންތަކުގައި ކޮންމެ ދުވަހަކުވެސް އެކި އިދާރާތަކާއި މުޢައްސަސާތަކާއި އެނޫންވެސް، ފަންނީ ތަޖުރިބާކާރުން ހިމެނިގެން 50 ވަރަކަށް މީހުން ބައިވެރިވާ ކަމަށް، އިޤްތިޞާދާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ސެޝަންތަކުގައި އުފެއްދުންތެރި އިޤްތިޞާދުގެ އެކި ދާއިރާތަކުގެ ތަޖުރިބާއާއި ތަޞައްވުރު ހިއްސާކޮށް، ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ޚިދުމަތާއި ތަކެތި އުފެއްދުމާއި، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި، ދެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަންފާ އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ނައިބު ޑރ. އާއިޝަތު ޝަހުދާ އަބްދުﷲ ވިދާޅުވީ މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ގެންދެވުނީ އުފެއްދުންތެރިންނާއި މަސައްކަތްތެރިންނާއި އެއް ޕްލެޓްފޯމަކަށް ގެނެސް ބޭއްވި މަޝްވަރާ ބައްދަލުވުންތަކެއް ކަމަށެވެ.
” ފަތުރުވެރިކަމުގެ ދާއިރާގެ 14 ފަރާތަކާއި، އަދި ކްރިއޭޓިވް އިންޑަސްޓްރީން ހޮވާލެވުނު، 20 ފަރާތެއް ގެނެސް މަޝްވަރާ ބައްދަލުވުންތަކެއް މި ބޭއްވީ. މީގެތެރެއިން ވިޔަފާރި އައިޑިއާތަކެއްވެސް ލިބިގެން ދިޔަ. މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރަން ބަލާއިރު، މިހާރު މި އިންޑަސްޓްރީގައި އެއް ކްރިއޭޓަރ އަނެއް ކްރިއޭޓަރ ކޮލާބްރޭޓް ކުރުން އެހާ އާންމު ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ދެން ބެލީ އެއް ސިނާޢަތާއި އަނެއް ސިނާޢަތް ގުޅުވާ ކިހިނެތްތޯ އެ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުވާލާނީ. ” އިޤްތިޞާދާ ބެހޭ ވުޒާރާގެ ނައިބު ޑރ. އާއިޝަތު ޝަހުދާ އަބްދުﷲ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިމަސައްކަތުގެ ބައްދަލުވުމުގައި ސަރުކާރުގެ މުޢައްސާސަތަކާއި އިދާރާތަކުގެ ޚިޔާލު ހޯދައި މި ސިނާޢަތް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. މިމަސައްކަތު ބައްދަލުން ބޭއްވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިން އޭޑީބީގެ ފަރާތުންވެސް ވަނީ މަސައްކަތު ބައްދަލުވުމުގެ ތެރެއިން އެކި ފަރާތްތަކުގެ ޚިޔާލުތައް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ގުޅިގެން މިފަދަ ސިނާޢަތެއް ކުރިއެރުވުމުގެ މުހިންމުކަން އޭޑީބީގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތަކެވެ. އެގޮތުން 2030 ވަނަ އަހަރު އަންނަންވާއިރު، އިޤްތިޞާދުގެ 15 އިންސައްތަ ކްރިއޭޓިވް އިކޮނޮމީ ހިއްސާކުރާ ގޮތަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ފާހަގަކުރެވިގެންދާނެ އަހަރަކަށްވާނެކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
