
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުވައިފިއެވެ. މި ބިލްޑިން ހުޅުވާފައިވަނީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާޤްގެ ނަމާއި ގުޅުވައިގެން “އަލީ ފިރާޤް އިންޖިނިއަރިން ސަރވިސް ބިލްޑިން”ގެ ނަމުގައެވެ. މޯލްޑިވިއަންގެ އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުއްވައިދެއްވީ އެކަމަށްޓަކައި ވީއައިއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މިއިމާރާތް އެޅުމުގެ ޚިޔާލް އަލްމަރްހޫމް އަލީ ފިރާޤް ދެއްވީ 2015 ވަނަ އަހަރުކަމަށެވެ. 2016 ވަނަ އަހަރު މި މަސައްކަތުގެ ޕްރޮޕޯސަލް ތައްޔާރުކޮށް އެންމެ ފުރަތަމަ މެނޭޖްމަންޓަށް ހުށައެޅުއްވިކަމަށެވެ. 2021 ވަނަ އަހަރު ކުންފުނީގެ ބޯޑުން މިމަޝްރޫޢަށް ބޭނުންވާ ބަޖެޓް ފާސްކޮށްދެއްވައި 2022 ވަނަ އަހަރު ބަޔަކާއި ހަވާލުކުރެވުނު ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މި އިމާރާތް ހުޅުވިގެން ދިއުމަކީ ކުންފުނީގެ ތާރީޚުގައި ވަރަށް ޚާއްސަ ދުވަހެއްގެ ގޮތުގައި އެމްޑީ ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ގިނަ ބައެއްގެ ހިތްވަރާއި ބުރަ މަސައްކަތުން ހަޤީގަތަކަށްވި ހުވަފެނެއްކަމަށް ވިދާޅުވިއެވެ. “މިއިމާރާތުން އަޅުގަނޑުމެންގެ މުވައްޒަފުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ. އަދި މަސައްކަތް ކުރުމުގެ މާހައުލު ރަނގަޅުކުރެވި މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ. މިއިމާރާތަކީ ކުންފުނީގެ މަތިންދާ ބޯޓުގެ ސްޕެއަރތައް ބެލެހެއްޓުމަށް ޚާއްސަކުރެވިގެން މިހާތަނަށް އަޅުގަނޑުމެން ބިނާކުރި ފުރަތަމަ އިމާރާތް. މިއީ އަދި މުސްތަޤްބަލަށްޓަކައި މި ކުންފުނިން ކުރި ވަރަށް ބޮޑު އިންވެސްޓްމަންޓެއް.” އެމްޑީ އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ އިންޖީނިއަރިން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންވެސް ފާހަގަކުރާ ގޮތުގައި މި އިމާރާތާއިއެކު މަސައްކަތް އިތުރަށް އަވަސްވެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. މަސައްކަތް ކުރަމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީ ދެމެހެއްޓެވިނި ގޮތަކަށް ބޭނުންކޮށްގެން ކުންފުނި ހިންގުންކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
