
(ފޮޓޯ ކްރެޑިޓްސް: ހިންދުސްތާން ޓައިމްސް)
އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިންގެ އެފް-35ބީ ޖެޓެއް ކެރެލާގެ ތިރިވަނަންތަޕޫރަމް ވައިގެ ބަނދަރަށް ޖޫން މަހުގެ 14ވަނަ ދުވަހު ޖެއްސީ ތެޔޮ މަދުވެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެ ޖެޓު، އޭގެ މަނަވަރަށް އަނބުރާ ދިޔުމަށް އެޗްއެމްއެސް ޕްރިންސް އޮފް ވޭލްސްއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލުން ދަތުރު ފަށާނެ ކަމަށް ބެލެވުނު ނަމަވެސް، ތިރިވަނަންތަޕޫރަމް ވައިގެ ބަނދަރަށް ޖެޓު ޖެއްސި ފަހުން ހައިޑްރޯލިކަށް ދިމާވި މައްސަލަތަކެއް ފާހަގަވެ މި ޖެޓަށް ވަނީ ފުރޭ ގޮތް ނުވެފައެވެ.
ތިރިވަނަންތަޕޫރަމް ވައިގެ ބަނދަރުގައި މި ޖެޓަށް ނުފުރިފައި އޮންނަތާ މަހަކާ ގާތްވެފައިވާ އިރު، މި ޖެޓު މިހާރު ވަނީ ހީނުކުރާފަދަ ގޮތަކަށް މަޝްހޫރުކަން ހޯދައިފައެވެ. އެ ޖެޓަށް ނުފުރި އޮތް އޮތުމުގެ ބޭނުން ހިފައި، ކެރެލާގެ ފަތުރުވެރިކަން ކުރިއަރުވާ އިދާރާ، ޑިޕާޓްމަންޓް އޮފް ޓުއަރިސަމް ފޮރ ކެރެލާ އިން ވަނީ އެ ޖެޓުގެ ފޮޓޯ ޖަހައި ޚާއްޞަ އިސްތިހާރެއް ތައްޔާރު ކޮށްފައެވެ. އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކަމަށް ބެލެވޭ މި ޕޯސްޓަރުގައު ދައްކުވައިދެނީ އަސްކަރީ ޖެޓު ވައިގެ ބަނދަރުގެ ރަންވޭ މަތީގައި މަޑުކޮށްލައިގެން އޮންނަ މަންޒަރެވެ. އެ ޕޯސްޓަރުގައި ފަތުރުވެރިއެއް ދޫކޮށްލާ ރިވިއުއެއްގެ ސިފައިގަައި ޖަހާފައި އޮތީ ކެރެލާއާ ގުޅޭގޮތުން އެ ޖެޓުދެކޭ ގޮތެވެ. ކެރެލާއަށް ފަސް ތަރި ދީ، އެ ޖެޓުން ބުނަނީ ކެރެލާއަކީ ވަރަށް ބަރާބަރު ތަނެއް ކަމަށާއި ކެރެލާއިން ފުރައިގެންދާން ބޭނުން ނުވާ ކަމަށެވެ. އަދި އެހެން މީހުން ވެސް ކެރެލާއަށް ޒިޔާރަތް ކުރުމަށް ލަފާދޭ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޑިޕާރޓްމަންޓް އޮފް ޓުއަރިޒަމް ފޮރ ކެރަލާ)
ގިނަ ބަޔަކު ހެއްވާލި މި ފޮޓޯ މިހާރު ވަނީ މީސްމީޑިޔާގައި މަޝްހޫރުކަން ހޯދައިފައެވެ. ފަތުުރުވެރިކަމާބެހޭ އިދާރާއިން މި ފަދަ މަޖާ ޕޯސްޓަރެއް ހެދުމުން ގިނަ ބަޔަކަށް ވަނީ އެ އިސްތިހާރު ވަރަށް ބޮޑަށް ކަމުގޮސްފައެވެ. މިހާރު ގިނަ ބަޔަކު ދަނީ މި ޖެޓު ހިމަނައި ތަފާތު މަޖާ ޕޯސްޓުތައް ހަދަމުންނެވެ. މި ފަދަ އެއް ޕޯސްޓަރުގައި މި ހަނގުރާމަމަތީ ޖެޓު ކެރެލާގެ އާންމުންގެ ބަޔަކާއެކު ރުކުރާ ބޯލައި ކެރެލާގައި މަޝްހޫރޫ ‘ބަނާނާ ޗިޕްސް’ ކާލައި މަންޒަރު ދައްކުވައިދެއެވެ. އެހެން ޕޯސްޓަރެއްގައި ކެރެލާއަށް ޗުއްޓީ ހޭދަކޮށްލަންދާ ފަތުރުވެރިން ދައްކާފައިވާއިރު، އެ މަންޒަރުގައި ޖެޓު ވެސް ވަނީ ހިމަނައިފައެވެ. މި ޖެޓަށް ކައިވެނީގެ ހުށަހެޅުންތައް ވެސް ދަނީ ލިބެމުންނެވެ.
ދިފާޢީ ކުއްލި ޙާލަތެއް މިހާ މަޖާ ގޮތަކަށް އަނބުރާލައި އޭގެ ފުރިހަމަ ބޭނުން ހިފައިފާވާތީ ކެރެލާގެ މި ޕޯސްޓަރުތައް ވަނީ ދުނިޔޭގެ ސަމާލު ކަމަށް ވެސް އައިސްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
