
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ދެ ރެފިއުޖީ ކޭމްޕެއްގައި ބިނާކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ބިމާހަމަކޮށްލައިފިއެވެ. ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ޠޫލްކަރަމްގެ ދެ ރެފިއުޖީ ކޭމްޕެއްގައި ތިބި އެތައް ހާސް ފަލަސްޠީނުގެ ރައްޔިތުންނަށް، ގެދޮރު ހުސްކުރަން ކުޑަވަގުތުކޮޅެއްގެ އިންޒާރު ދިނުމަށްފަހު، ހައިމާކުތައް ބޭނުންކޮށްގެން، ޔަހޫދީންގެ ފައުޖުން ވަނީ އެ ގެތައް ސުންނާފަތިކޮށް، ބިމާހަމަކޮށްލައިފައެވެ. ޔަހޫދީން ޣައްޒާގައި ހިންގާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކަށް ލިބޭ ސަމާލުކަން ކުޑައެވެ.
ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކުރާ އުކުޅުތަކާ އެއްގޮތް އުކުޅުތައް ބޭނުންކޮށްގެން ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ ޖަނީނާއި ޠޫލްކަރަމާއި ނޫރު ޝަމްސާއި އަލްފާރިޢާއާއި ނާބްލިސްގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުގައި ހިންގާ ރޭޑުތައް އިތުރު ކޮށްފައެވެ. އޮކްޓޯބަރު 7ގެ ޢުދުވާން ފެށުނު ފަހުން ފަލަސްޠީނުގެ ރައްޔިތުންނަށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންދޭ ޙަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. އދ.އިން ބުނާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔަހޫދީން ވަނީ، ހުޅަނގު އައްސޭރީގައި ދިރިއުޅޭ 40،000 އަށް ވުރެ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ގެއްލުވާލައިފައެވެ.
ހުޅަނގު އައްސޭރިއަކީ ޒަޔަނިސްޓުންގެ އިސްރާއީލާއި އުރުދުނާ ދެމެދުގައި އޮތް 5,600އެއްހާ އަކަ ކިލޯމީޓަރުގެ ފަލަސްޠީނުގެ ބިމެކެވެ. ނަމަވެސް، 1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށް ފަހު ޔަހޫދީން ވަނީ އެ ބިމަށް ވެރިވެގަނެފައެވެ. އަދި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ބިންތައް ފޮތިފޮތިކޮށް، އިތުރު ބިންތަކަށް އަތްގަދަ ކުރަމުންނެވެ. އަދި، އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ. އެ ބިމުގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް ޔަހޫދީން ދަނީ އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ.
2013 އާއި 2023 އާ ދެމެދު ހުޅަނގު އައްސޭރީގައި ވަޒަންވެރިވި ޔަހޫދީންގެ ޢަދަދު 38 އިންސައްތަ އިތުރުވެ، 374،000 އިން 517،000 އަށް އަރާފައިވާ ކަމަށް ހުޅަނގު އައްސޭރީގެ ސެޓްލްމަންޓް ކައުންސިލް، ޔެޝާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
