
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
ފަލަސްޠީނުގެ ޣައްޒާގައި ޔަހުދީންގެ ނިރުބަވެރި ދަޢުލަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތަކުގެ ރައްދުގައި، ޔަމަނުގެ ޙޫޡީން ދިން މިސައިލް ޙަމަލާތަކާ ގުޅިގެން، ޔަހޫދީންގެ މައި ވައިގެ ބަނދަރު ބަންދުކޮށް، ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މީޑިއާ ރިޕޯތުތައް ބުނީ ޔަހޫދީންގެ މައި ވައިގެ ބަނދަރު، ބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒު ކޮށް ޙޫޘީން ދިން ބެލިސްޓިކް މިސައިލް ޙަމަލާތަކާ ގުޅިގެން، އެ އެއަރޕޯޓު ބަންދުކޮށް، އުދުހުންތައް މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް، އެ ޙަމަލާތަކުގައި އެ އެއަރޕޯޓަށް އަދި މީހަކަށް ވެސް ގެއްލުމެއް ލިބުނު ކަމެއް އަދި ސާފެއް ނޫނެވެ.
ޔަހޫދީންގެ ނިރުބަވެރި ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ، ޔަމަނުން ފޮނުވައިލި މިސައިލްތައް، ދިފާޢީ ނިޒާމުން ވައްޓާލާފައިވާ ކަމަށެވެ. މި ޙަމަލާތައް ދީފައިމިވަނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން، ބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒު ކޮށް ފޮނުވައިލި ބެލިސްޓިކް މިސައިލްތަކުގެ ޒިންމާ، ޔަމަނުގެ އަސްކަރިއްޔާއިން ނަގާފައިވަނިކޮށެވެ. ޔަމަނުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ޓެލް އަވީވްގެ ބެން ގުރިއޮން އެއާޕޯޓަށް އަމާޒުކޮށްގެން ޙާއްސަ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އަދި “ކާމިޔާބު” ޙަމަލާތަކުގެ ސަބަބުން، އެ އެއަރޕޯޓުގެ އުދުހުންތަކަށް ބުރޫއަރުވާލެވުނުކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ޑްރޯން ބޭނުންކޮށްގެން، ޔަހޫދީންގެ މުހިންމު އެހެން ސަރަޙައްދުތަކަށް އަމާޒުކޮށް ޙަމަލާތައް ދީފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ދޭން ބޭނުންކުރާ ހަތިޔާރު ކަނޑާއި ވައިގެ މަގުން ލިބުމަށް ހުރަސްއެޅުމަށްޓަކައި ޔަމަނުން ދަނީ ވަރަށް ރޭވުންތެރިކަމާ އެކު ޙަމަލާތައް ދެމުންނެވެ.
މި ޙަމަލާތަކުގެ ބޭނުމަކީ، ޣައްޒާއަށް މިހާރު ކުރިމަތިކުރުވުފައި އޮތް ނިކަމެތި ޙާލަތަށް މުޅި ދުނިޔޭގެ ލޯހުޅުވައިދީ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތު ހުއްޓުވަން އިތުރަށް މަސައްކަތް ކުރުމަށް ބާރުއެޅުން ކަމަށް ޔަމަނުން ދަނީ ބުނަމުންނެވެ. އަދި ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ނުހުއްޓާހާ ހިނދަކު، އިސްރާއީލަށް ޙަމަލާތައް ދެމުންދާނެކަމުގެ އިންޒާރު ޔަމަނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
