
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިލެކްޓްރިކް އެއްގަމު އުޅަނދު އުފައްދާ ޓެސްލާ ކުންފުނީގެ ވެރިޔާ އަދި މަހުޖަނު، އީލޯން މަސްކް ‘އެމެރިކާ ޕާޓީ’ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރަން ނިންމާފައިވާ ކަން އިޢުލާނު ކުރައްވައިފިއެވެ. އައު ސިޔާސީ ޕާޓީއެއް އުފައްދަވާނެ ކަން އޭނާ އިޢުލާނު ކުރައްވާފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕްގެ ރިޔާސީ ކެމްޕޭންގެ އެންމެ ބޮޑު މަދަދުގާރަކީ މަސްކެވެ. މި ގޮތުން، އޭނާ ވަނީ ޓްރަމްޕްގެ ކެމްޕޭނަށް އެތަކެއް މިލިޔަން އެމެރިކާ ޑޮލަރެއް ޚަރަދު ކުރައްވާފައެވެ. ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ ސަރުކާރުގެ އިސް މަޤާމަކަށް މަސްކް ޢައްޔަން ކުރައްވާފައެވެ. އެއީ، ސަރުކާރު ހިންގުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ނަމުގައި ޓްރަމްޕް އުފެއްދެވި ޑިޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝެންސީ (ޑޯޖް)ގެ ވެރިޔާގެ މަޤާމެވެ. ނަމަވެސް، ގިނަ މަސްތަކެއް ނުވެ، ޓްރަމްޕާއި މަސްކާ ދެމެދު ވަނީ ދެބަސްވުންތައް އުފެދި، އަރައިރުންވާން ފަށްޓަވާފައެވެ. އަދި، އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް އިސްކަންދެއްވުމުގެ ނަމުގައި މަސްކް ވަނީ ޑޯޖުން ވަކިވެ ވަޑައިގަންނަވާފައެވެ.
ޓްރަމްޕާއި މަސްކާ ދެމެދު ދެބަސްވުންތައް އުފެދުނީ ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ޚަރަދުތަކާ ޓެކުހާ ބެހޭ ބިލާ ގުޅިގެންނެވެ. ޓްރަމްޕް އެ ބިލަށް ދެއްވާފައިވާ ނަމަކީ ‘ބިގް ބިޔުޓިފުލް ބިލެ’ވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސުން ދާދިފަހުން ވަނީ އެ ބިލު ފާސްކޮށްފައެވެ. އަދި، ޓްރަމްޕް ވަނީ އެ ބިލް ތަޞްދީޤު ކުރައްވާފައެވެ. އައު ސިޔާސީ ޕާޓީއެއް އުފައްދަވާނެ ކަން އިޢުލާނު ކުރެއްވުމަށް ފަހު ވެސް މަސްކް ވަނީ ޓްރަމްޕްގެ ބިލަށް ފާޑުވިދާޅުވެފައެވެ. މަސްކް ވިދާޅުވާ ގޮތުގައި، އެ ބިލުގެ ސަބަބުން އެމެރިކާ ބަނގުރޫޓުވެގެންދާނެއެވެ. “މިއަދު، އެމެރިކާ ޕާޓީ އުފައްދާފައި ވާނީ ތިޔަ ބޭފުޅުންގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް،” އައު ސިޔާސީ ޕާޓީ އިޢުލާނު ކުރައްވަމުން މަސްކް ވިދާޅުވިއެވެ. “[ތިޔަ ބޭފުޅުންގެ ތެރެެއިން] ކޮންމެ ދެ މީހަކުން އެކަކު އައު ސިޔާސީ ޕާޓީއެއް ބޭނުންވޭ، އެހެންވީމަ އެ ކަން ކޮށްދޭނަން.” އޭނާ މި މޭރުމުން ވިދާޅުވި ނަމަވެސް، އެމެރިކާގެ އިންތިޚާބުތަކާ ބެހޭ މައި ކޮމިޝަނުގައި އެ ޕާޓީ އަދި ރަޖިސްޓަރީ ކޮށްފައެއް ނެތެވެ.
ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުއްސަނދި މަހުޖަނަކީ މަސްކެވެ. ޓެސްލާ ކުންފުނީގެ އިތުރުން ސެޓެލައިޓް ކުންފުނި، ސްޕޭސްއެކްސްގެ ވެސް ވެރިޔާ ޓްރަމްޕްގެ ކެމްޕޭނެއް އެތަކެއް މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރެއްވިއެވެ. އޭނާ އައު ސިޔާސީ ޕާޓީއެއް އުފައްދަވާނެ ކަން އިޢުލާނު ކުރެއްވުމާ އެކު ޓެސްލާ ކުންފުނީގައި އިންވެސްޓު ކޮށްފައިވާ ވުނޭރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އިންވެސްޓްމެންޓް ކުންފުންޏެއް ކަމުގައިވާ އެޒޯރިޔާ ޕާޓްނަރސް ހިމެނެއެވެ. މަސްކްގެ ސިޔާސީ އުންމީދުތައް ސާފުކޮށްދިނުމަށް އެދި އެޒޯރިޔާ ކުންފުނީގެ ވެރިޔާ ޖޭމްސް ފިޝްބެކް ވަނީ ޓެސްލާ ކުންފުނީގެ ކިބައިން އެދިފައެވެ. އޭނާ ވިދާޅުވީ، މަސްކްގެ އައު ސިޔާސީ ޕާޓީއާ އެކު ވުނޭރުންގެ އިތުބާރު ގެއްލިގެންދާނެ ކަމުގައެވެ. އަދި، ޓެސްލާ ކުންފުނީގެ ކުރިމަގަށް އޮތް އެންމެ ރަނގަޅު ގޮތަކީ، މަސްކް އޭނާގެ ސިޔާސީ އުންމީދުތައް ދޫކޮށްލައްވައި، ކުންފުނި ހަރުދަނާ ކުރުމަށް މަސައްކަތް ކުރެއްވުން ކަމުގެވެ.
ޑޯޖްގެ ވެރިޔާގެ މަޤާމުން މަސްކް ފެޔަށް ޖެހިވަޑައިގަތީ މޭ މަހުުގެ ތެރޭގައެވެ. އެއަށް ފަހު، އޭނާ ވަނީ އައު ސިޔާސީ ޕާޓީއެއް އުފައްދަވައި، ޓްރަމްޕްގެ ޚަރަދާއި ޓެކުހާ ބެހޭ ބިލަށް ތާޢީދު ކުރާ ކޮންގްރެސްގެ މެންބަރުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އިންޒާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ މެންބަރުންނަށް ކުރިއަށް އޮތް އިންތިޚާބުތަކުގައި ކާމިިޔާބީ ހާސިލުވިޔަ ނުދެއްވާނެ ކަމުގައެވެ. އެ އިންޒާރުތަކަށް ރައްދު ދެއްވަމުން ހުސްވި ހަފްތާގައި ޓްރަމްޕް ވަނީ މަސްކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ، މަސްކްގެ ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ދޫކުރާ އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއް ދޫކުރުން ހުއްޓައިލައްވާނެ ކަމުގައެވެ. އަދި، ދެކުނު އެފްރިކާގެ ރައްޔިތެއް ކަމުގައިވާ މަސްކް ޑީޕޯޓް ކޮށްލަން، ނުވަތަ އަމިއްލަ ވަޒަނަށް ފޮނުވައިލަން ޖެހިދާނެ ފަދަ މޭރުމަކުން ވެސް ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވެއެވެ.
ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ބުނީ، އޭނާއާއި މަސްކާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑުގެ ސަބަބުން އެ ޕާޓީގެ ކުރިމަގަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގައެވެ. މި ގޮތުން، 2026ވަނަ އަހަރު ރިޔާސީ ދައުރުގެ މެދުތެރޭގައި ބާއްވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި އެ ޕާޓީގެ އިސް މެންބަރުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
