
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި މަހުގެ 8-13 އަށް ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުތައް ފުރައިފިއެވެ. މި މުބާރާތުގައި ރާއްޖޭގެ ތިން ޓީމެއް ވާދަކުރާނެއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނީ ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުގައި ރާއްޖެއިން ތިން ކެޓެގަރީއަކުން 30 ކުޅުންތެރިން ވާދަކުރާ ކަމަށެވެ. އެއީ މާސްޓަރސް ކެޓެގަރީ އާއި، ވެޓެރަންސް ކެޓެގަރީގެ އިތުރުން ސުޕަރ ވެޓެރަންސް ކެޓެގަރީގައެވެ. މުބާރާތުގައި ވާދަކުރުމަށް މިރޭގެ ވަގުތެއްގައި ރާއްޖޭގެ ޓީމުތައް ވަނީ ތައިލެންޑަށް ފުރާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މީގެ ކުރިންވެސް މި މުބާރާތުގައި ރާއްޖެއިން ތިން ފަހަރެއްގެ މަތިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު މި މުބާރާތުން ރާއްޖޭގެ ޓީމުން ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަދީފައެވެ. އެއީ 50 އަހަރުން މަތީ އުމުރުފުރާގެ ވެޓެރަންސް ކެޓެގަރީގެ ޗެމްޕިއަންކަމާއި، މާސްޓަރސް ކެޓެގަރީން ރަނަރަޕްކަމެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން މީގެ ހަވަރަކަށް މަސްކުރިން ރާއްޖޭގެ ކުޅުންތެރިން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ގޮސްފައިވަނީ ސީނިއަރ ކްރިކެޓަރސް ކުލަބުގެ މެންބަރުންނެވެ. އޭގެ ތެރޭގައި ކުރީގެ ނަން މަޝްހޫރު ހުރިހާ ކުޅުންތެރިންތަކެއްހެން ޓީމުގައި ހިމެނޭ ކަމަށް ސީބީއެމްއިން މައުލޫމާތުދެއެވެ
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
