
(ފޮޓޯ ކްރެޑިޓްސް: އެމްއެސް މޭޓްސް)
އޮސްޓްރޭލިއާގެ ޒުވާން ކުޅުންތެރިން ހިމެނޭ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީ (އައިއެސްއޭ) ގެ ޓީމާއެކު ރާއްޖޭގައި ކުރިއަށްގެންދާ މެޗުތަކުގެ ތެރެއިން ކުޅުނު ފުރަތަމަ މެޗު ކުލަބު ވެލެންސިއާގެ ޒުވާން ޓީމުން ކާމިޔާބުކޮށްފިއެވެ. މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކުރާ އެކުވެރިކަމުގެ މި މެޗުތަކަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ގުޅިގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދާ މެޗުތަކެކެވެ. މި މެޗުތަކުގެ ތެރެއިން އެންމެ ފުރަތަމަ މެޗަކީ މިއަދު ހަވީރު ކުލަބު ވެލެންސިއާގެ ޒުވާން ޓީމާއެކު އޮސްޓްރޭލިއާގެ ޒުވާނުން ކުޅުންތެރިން ކުޅުނު މެޗެކެވެ.
މި މެޗު 3-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ވެލެންސިއާއިން ކާމިޔާބުކުރިއިރު މި ޓީމަށް އިރުޝާދު ދެނީ ކޯޗު އިސްމާޢީލް އާސިފް (ކުޑަ ހީނާ) އެވެ. މިއަދު ހަވީރު ކުޅުނު މެޗަށްފަހު “ޕީއެސްއެމް ނިއުސް” އަށް މައުލޫމާތު ދެމުން މޯލްޑިވްސް ސޮކަރ މޭޓްސްގެ ކޯޗު އަކުރަމް އަބްދުލްޣަނީ ބުނީ މިއީ ވެސްޓަރން އޮސްޓްރޭލިއާ އެސޯސިއޭޝަންގެ ފަރާތުން ޖެނުއަރީގައި ދިވެހިންތަކެއް މެދުވެރިކޮށް މޯލްޑިވްސް ސޮކަރ މޭޓްސްއަށް ލިބުނު ހުށަހެޅުމަކަށް އިންތިޒާމުކުރެވުނު އެކުވެރިކަމުގެ މެޗުތަކެއް ކަމަށެވެ. މިއީ ޗެލްސީ ފައުންޑޭޝަނާ ގުޅުން އޮންނަ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީން ބޭނުންވެގެން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު މެޗެއް ކުޅެލަން ބޭނުން ކަމަށް ބުނުމާ ގުޅިގެން، ކުޅިވަރާ ބެހޭ ވުޒާރާ އާއި އެފްއޭއެމްއާ މިކަން ޚިއްސާކޮށްގެން ރޭވުނު މެޗުތަކެއް ކަމަށް އަކުރަމް ބުންޏެވެ.
“އެ ހިސާބުން ފެށިގެން ވަރަށް ބައިވަރު ވާހަކަތައް ދެކެވިގެން މިކަން ކުރިއަށްގޮސް އަޅުގަނޑުމެން މިނިސްޓްރީއާވެސް ބައްދަލުކޮށް އެފްއޭއެމްއާވެސް ބައްދަލުކޮށް ހުރިހާ ފަރާތެއްގެ އެއްބާރުލުމާއެކު ހަމަ ވަރަށް ދުރާލާ ތައްޔާރުވެގެން ރޭވިގެންދިޔަ މެޗުތަކެއް މިއީ” އަކްރަމް ބުންނެވެ. އޮސްޓްރޭލިއާގެ ޒުވާން ކުޅުންތެރިން ހިމެނޭ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީން މާދަމާ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ނިކުންނާނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޒުވާން ޓީމާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި ބުދަ ދުވަހު އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީ ބައްދަލުކުރާނީ އެމްއެސް މޭޓްސްގެ ޓީމާއެވެ. އަދި އެއަށްފަހު ހުކުރު ދުވަހުގެ ހަވީރު ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށްވެސް މެޗެއް ކުޅޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
