
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ގެ މަގާމަށް ކުރިމަތިލެއްވީ ރާއްޖޭގެ ފުޓްބޯޅަ އޮތް އަޑިގަނޑުން ނަގައި، އެފްއޭއެމްއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުމަށް ކަމަށް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ. މިމަހުގެ 26 ގައި އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވުމަށް މިއަދު ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާއާއި ބައްދަލުކުރައްވާ ޠާރިޤް ވިދާޅުވީ އިންތިހާބަށް ނިކުންނެވީ އެފްއޭއެމް މާލީގޮތުންނާ އެހެނިހެން ގޮތްގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމުގެ އުންމީދުގައި ކަމަަށެވެ. އަދި އެގްޒެކެޓިވް ކޮމިޓީއެއް އެކުލަވާލާ ކަންކަން ރަނގަޅު ކުރުމުގެ ޕްލޭނެއް އެކުލަވާލައިގެން މަސައްކަތް ފައްޓަވާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ އުންމީދަކީ އަހަރެއްހާ ދުވަހުގެތެރޭގައި ނޯމަލް ޕްރޮސެސްއަށް އެފްއޭއެމް ގެންދެވޭނެ ކަމަށް. އޭގެ ތެރޭގައި ފައިނޭޝަލީ ކަންތައްތައްވެސް އަދި މުބާރާތްތައްވެސް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ގެންދެވޭނެ ގޮތަށް ތަރުތީބު ކުރުން އެއީ އަޅުގަނޑުމެންގެ އުންމީދަކީ” ޠާރިޤު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަހިނބަދޫ ދާއިރާގެ މެންބަރު ތޯރިގް ވިދާޅުވީ ކުރިން ތާއީދު ނުލިބުނު ކުލަބުތަކުންވެސް މިފަހަރު އޭނާއަށް ތަައީދު ކުރެއްވީ އެ ކުލަބުތަކުންވެސް ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ތޯރިގު ވިދާޅުވީ އެފްއޭއެމްގެ އަސާސީ ގަވާއިދު މިފަހަރު ފާސްވިއިރު އެމާއްދާތައް ނުލުމަށް ފީފާއިން އިއުތިރާޒު ކުރިކަމަށާއި މީގެ ކުރިންވެސް ފުޓްބޯޅަ އެސޯސިއޭޝަނަށް ޒޯންތަކެއް ހަދާފަ އެސޯސިއޭޝަންތަކެއް ހަދާފަ އެކަންކަން އޮތީ ތަންފީޒު ނުކުރެވިކަމަށްވާތީ ފީފާއިން އެދުނީ އެތަންތަން ހެދުމަށްފަހު ހުއްދައަށް އެދުމަށް ކަމަށެވެ. “މީގެ ކުރިންވެސް އަސާސީ ގަވާއިދު ބަދަލުކުރަންވެގެން ފާސްކުރަން އަޅުގަނޑު ހުށަހެޅިން ހާއްސަކޮށް ޓީސީ ސްޕޯޓްސް ކުލަބުން އިސްވެ ރާއްޖޭގެ ހަތަރު ޒޯނެއްގައި ހަތަރު ރީޖަނަލް އެސޯސިއޭޝަނެއް އުފައްދާފަ އެރީޖަންގެތެރެއިން ރާއްޖޭގެ ފުޓްބޯޅައިގައި ބަސް ކިއުމުގެ ފުރުސަތު ދޭން” ޠާރިޤު ވިދާޅުވިއެވެ.
މިކަމަށް ބާރު ދިނުމުގެގޮތުން މިހާރު އިސްލާހު ކުރެވުނު އަސާސީ ގަވާއިދާއި ކުޅިވަރު ގާނޫނުގައިވެސް މާއްދަަތަކެއް ހިމަނާފައިވާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ. ޠާރިޤު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިޔަށްދާނީ ރީޖަނަލް އެސޯސިއޭޝަންތައް ހެދިގެން ހަތަރު ރީޖަނުގެ ޓީމުތަކުން އައިސް އެފްއޭއެމްގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ލިބިގެންދާނެ ގޮތަށްކަމަށެވެ. މިދިޔަ އަހަރު ދެ ފަހަރުވެސް އިންތިހާބު ގެންދަންޖެހޭ ގޮތަށް ޕްރޮސެސްތައް ނުގެންދިއުމުން ފީފާއިން އިންތިހާބު ހުއްޓުވިކަން ފާހަގަ ކުރައްވާ ތޯރިގު ވިދާޅުވީ މިފަހަރު އެއްވެސް އުނދަގުލެއް ނެތި އިންތިހާބުގެ ކަންކަން ކުރިޔަށް ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
“އަޅުގަނޑު ގަބޫލުކުރަނީ އެއްވެސް އުނދަގުލެއްނެތި މިފަހަރު އިންތިހާބު ނިމޭނެކަމަށް އަދި ރާއްޖޭގެ ފުޓްބޯޅައަލުން ފަށައިގަނެވޭނެ ހިސާބަށް ގެންދެވޭނެ” ކަމަށް ޠާރިޤު ވިދާޅުވިއެވެ. އެފްއޭއެމްގެ މެންބަރުންގެ ގޮތުގައިވާ ޖުމްލަ 23 ކުލަބުގެ ތާއީދު ސިޓީއާއިއެކު ކުރިމަތިލެއްވުމުން އޭނާ އާއި ވާދަކުރަން ޝަރުތު ހަމަވާނެ އިތުރު ކެންޑިޑޭޓެއް ނުހުންނާނެކަމަށް ޠާރިޤު ފާހަގަ ކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
