
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުޅުދުއްފުށި ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާ ވަނީ މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަޑައިގެން ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން ހޮސްޕިޓަލުގެ އިސްބޭފުޅުންނާއި، ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުގެ ވެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން އެކި އެޑިޕާޓުމަންޓުތަކުގެ މަސައްކަތްތައްވަނީ ބައްލަވާލައްވާފައެވެ. އަދި އެކަމަނާވަނީ ހޮސްޕިޓަލު ހިންގެވުމުގައި މިވަގުތު ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. ބައެއް ބަލި މީހުންނާ ބައްދަލުކުރައްވައި ހާލު ބެއްލެވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
First Lady Madam @sajidhaamohamed visits Kulhudhuffushi Regional Hospital this morning as part of her official visit to Kulhudhuffushi City.
During the visit, the First Lady toured various departments, interacted with healthcare professionals and senior officials, and gained… pic.twitter.com/OqR3gVaWHz
— The President’s Office (@presidencymv) July 6, 2025
މެޑަމް ސާޖިދާގެ މިދަތުރުފުޅުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެެވެ. އެޖަލްސާގައި ހޮސްޕިޓަލުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި 10 އަހަރާއި 20 އަހަރު އަދި 30 އަހަރު ހޮސްޕިޓަލަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް އަދި އެންޑޯމެޓްރިއޯސިސް ޚިދުމަތާއި ޓެލެމެޑިސިންގެ ޚިދުމަތް އެ ހޮސްޕިޓަލުގައި އިފްތިތާޙްކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ 3 އަތޮޅާއި އަދި އެެހެނިހެން އުތުރުގެ އަތޮޅުތަކުން ސިއްޙީ ޚިދުމަތް ހޯދުމުގައި ބަރޯސާވެފައިވާ އުތުރުގެ މައި ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
