Read Time:3 Minute, 21 Second

 

 

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބްރިޓިޝް ހައިކޮމިޝަންއާއި ބައްދަލުކޮށްފިއެވެ. މި ބައްދަލުކުރެއްވުމުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއާއި ބްރިޓިޝް ހައިކޮމިޝަންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީއާއި ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

 

އެމްއެމްޕީއާރުސީން ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކިއެކި ސެގްމަންޓްތަކުގެ މައުލޫމާތު އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ފޯރުކޮށްދީ އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

 

 


އިނގިރޭސިވިލާތަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމެވެ. އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެ ގައުމުން ރާއްޖެއަށް 108،371 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު އިނގިރޭސިވިލާތަކީ ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެމްއެމްޕީއާރުސީން ދަނީ އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކިއެކި ރޯޑްޝޯތަކާއި، ކެންޕެއިންތަކާއި، ފެއަރތަކުގައި ދަނީ ބައިވެރިވަމުންނެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %