
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރެއްވުމަށްޓަކައި ސިންގަޕޫރުގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރއާ ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރަން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި މަސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތުތައް ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހިއްސާކުރެއްވިކަމަށެވެ. މެރިކަލްޗަރއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދަ ޕްލެޓްފޯމްތަކުގައާއި ރައީސް ބައިވެރިވެވަޑަިއގަންނަވާ ބައްދަލުވުންތަކުގައިވެސް އެ ވާހަކަތައް ހިއްސާކުރައްވާކަމަށެވެ.
މިގޮތުން ސިންގަޕޫރުގެ ރައީސްއާއި ބޮޑުވަޒީރާއެކު ބޭއްވި ބާއްދަލުކުރެއްވުމުގައިވެސް މަސްވެރިކަމުގެ ދާއިރާގެ ވާހަކަތައް ހިއްސާކުރެއްވިކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ހާސިލްކުރަން ބޭނުންފުޅުވާކަންތައްތަކުގެ ވާހަކަތައް ހިއްސާކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ކަމަށެވެ.
“ސިންގަޕޫރުގެ ސަސްޓެއިނިބިލިޓި މިނިސްޓަރާ ބައްދަލުކޮށް އެ މަސައްކަތްތަކުގެ ވާހަކަތައް ހިއްސާކުރިން. ރައީސުލްޖުމްހޫރިއްޔާ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ރާވާފައި ހުރި ކަންކަމުގެ މަޢުލޫމާތުތައް ހިއްސާކުރިން. އަދި ސިންގަޕޫރުގެ ސަރުކާރުންވެސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއެކު މަސައްކަތްތަކެއް ކުރެވިދާނެކަމަށް ޤަބޫލުކުރައްވާ. ސިންގަޕޫރުގެ ދަތުރަށްފަހު އިތުރަށް މިކަމަށް މަސައްކަތް ކުރާންނަން.” މަސްވެރިކަމާއި ކަނޑުގެ ވަޞީތަލްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިންގަޕޫރަކީ މަސްވެރި ޤައުމެއް ނޫންނަމަވެސް ރާއްޖެއާއި ސިންގަޕޫރާ ދެމެދު އެއްގޮތް ކަންތައްތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސިންގަޕޫރަކީ ބޮޑަށް އިމްޕޯޓަށް ބަރޯސާވާ ޤައުމެއްކަމަށާއި މަސްވެރިކަމާއި މެރިކަލްޗާގެ ދާއިރާއިން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތައް ތިބިކަންވެސް ވަޒީރު ޝިޔާމް ފާހަގަކުރެއވިއެވެ. “ރައީސުލްޖުމްހޫރިއްޔާ މިހާރު ހުޅުވާލައްވާފައި އެވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މެރިކަލްޗަރގެ ފުރުޞަތުތައް. އެ މަޢުލޫމާތުތައްވެސް ހިއްސާކުރިން. ސްޕޯޓްސް ފިޝިންގެ ބަނދަރުތައް ތަރައްޤީކުރުމަށް ވަކި ސަރަޙައްދުތަކެއް ކަނޑއަޅުއްވާފައިވޭ.. އެއީ މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަންވެސް ސިންދަފާތުކުރުމުގެ މަސައްކަތްތަކަކަށް ވާނެ.” މަސްވެރިކަމާއި ކަނޑުގެ ވަޞީތަލްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ވަޒިރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ސިންގަޕޫރުގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އެހީތެރިކަމާއެކު ކުރަންހުރިކަންކަން ކުރިއަށްގެންދާނެކަމަށެވެ. ސިންގަޕޫރަކީ ކަނޑުމަހުގެ ބާވަތްތައްވެސް އެޤައުމަށް އެތެރެކުރާ ޤައުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރުވެސް ރާއްޖެއިން ހުއިފިލަނޑާފަދަ ބާވަތްތައް އެ ޤައުމަށް އިމްޕޯޓްކުރާކަމަށާއި އެދާއިރާ އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ސިންގަޕޫރާ ގުޅިގެން މަސްވެރިންނަށް ފައިދާވާނެ ކަންކަން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
