Read Time:2 Minute, 36 Second

 

 

ގްރީން ހައުސްގައި ދަނޑުވެރިކަން ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ށ. ނަރުދޫގައި ކުރިއަށްގެންގޮސްފިއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް(މެޕް) އިން ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަށައިގެން ގެންދާ ސިލްސިލާ ތަމްރީންތަކެއްކަމަށެވެ. ނަރުދޫގައި ކުރިޔަށްގެންދިޔަ ތަމްރީންތަކުގައި މިރުސް އިންދުމުގެ އަމަލީ މަސައްކަތާއެކު، ތިއޮރީ (ނަޒަރިއްޔާތު) ކްލާސްތައްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

 

މެޕުން އަންނަނީ ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ރާއްޖެއަށް ތަޢާރަޕްކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެގޮތްތައް ދިވެހި ދަނޑުވެރިންނަށް ދަސްކޮށްދީ، ދަނދުވެރިކަމުން ނަފާ ހޯދާނެ ގޮތްތަކުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަމުންނެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ރާއްޖެއަށް ތަޢާރަޕްކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެގޮތްތައް ދިވެހި ދަނޑުވެރިންނަށް ދަސްކޮށްދީ، ދަނދުވެރިކަމުން ނަފާ ހޯދާނެ ގޮތްތަކުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިޔަށް ގެންދަމުންނެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %