
ޔަހޫދީންގެ ހީލަތްތެރިކަމާއި ދަހިވެތިކަން ރަމްޒުކޮށްދޭ ބަހެއް ވިދާޅުވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޫނުފެނަށް ވެއްޓި، ގިނަ އަދަދެއްގެ ޔަހޫދީންގެ ފާޑުކިޔުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވައިފިއެވެ. ބޭންކިންގްގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުން ސިފަ ކުރެއްވުމުގެ ގޮތުން ޓްރަމްޕް ބޭނުން ކުރައްވާފައިވާ ބަހަކީ ‘ޝައިލޮކް’، މި ބަހެވެ. އެއީ، އެންޓިސެމިޓިކް ނުވަތަ ޔަހޫދީންނަށް އަމާޒުކޮށް ބޭނުން ކުރާ ބަދުބަހެއްގެ ގޮތުގައި އެ މީހުން ޤަބޫލު ކުރެއެވެ. ޝައިލޮކަކީ މަޝްހޫރު ލިޔުންތެރިޔާ އަދި ޅެންވެރިޔާ ޝޭކްސްޕިޔަރ 16ވަނަ ޤަރުނުގައި ޝާއިޢު ކުރި ޑްރާމާއެއް ކަމުގައިވާ ‘ދި މަރޗެންޓް އޮފް ވެނިސް’ގައި ހިމެނޭ އެއް ކެރެކްޓަރ ނުވަަތަ ޝަޚުސިއްޔަތެވެ. އެއީ، ބޭންކެއްގެ ގޮތުގައި ފައިސާ ދޫކުރާ މީހެކެވެ. ނުވަތަ ލޯން ޝާކެކެވެ. ޝޭކްސްޕިޔަރގެ ޑްރާމާގައި އެ މީހާ ސިފަކޮށްފައި ވަނީ ވަރަށް ހީލަތްތެރި އަދި މަކަރުވެރި މީހެއްގެ ގޮތުގައެވެ. ފަހުން ޔަހޫދީން ވަނީ އެ ނަން ނުވަތަ ބަހަކީ އެ މީހުންނަށް ނިސްބަތްކޮށް ބޭނުން ކުރާ ބަދުބަހެއް ކަމަށް ކަނޑައަޅައި، އެއީ ޔަހޫދީންނާ ދެކޮޅު ބަހެއްގެ ގޮތުގައި ބަލައިގަނެފައެވެ.
ޓްރަމްޕް ‘ޝައިލޮކް’ މި ބަސް ބޭނުން ކުރައްވާފައި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް، ކޮންގްރެސުން ދާދިފަހުން ފާސްކޮށްފައިވާ ޚަރަދުތަކާއި ޓެކުހާ ބެހޭ (ބިގް ބިޔުޓިފުލް ބިލްގެ ނަން ދީފައިވާ) ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. “މި ކަމާ މެދު ވިސްނަވާ: މަރުވުން ނަގާ [މީހަކު މަރުވުމުން އޭނާގެ ވާރިސުންނަށް ވާރުތަވާ ބައިން ނަގާ] ޓެކުހެއް ނޯންނާނެ. އެސްޓޭޓް [ހަމަ އެ ޓެކުސް] ޓެކުހެއް ނޯންނާނެ. ފައިސާ ހޯދަން ބޭންކުތަކަށް ދާކަށް ނުޖެހޭނެ، [ބޭންކުތަކުގައި] އެކި ފަހަރު ކުރިމަތިލާން ޖެހޭނީ އެކި ކަހަލަ މީހުންނާ، ހެޔޮ ލަފާ ބޭންކަރުންނާ [ބޭންކުގެ މުވައްޒަފުންނާ]، އަނެއްބައި ފަހަރު ޝައިލޮކަކާ ނުވަތަ ނުބައި ނުލަފާ މީހަކާ،” ޓްރަމްޕް ވިދާޅުވިއެވެ. ޔަހޫދީންގެ ހީލަތްތެރިކަމާއި ދަހިވެތިކަން ސިފަ ކުރުމުގެ ގޮތުން ބޭނުންކޮށް އުޅޭ ބަދުބަހެއް ކަމުގައިވާ ޝައިލޮކޭ ވިދާޅުވެ ޓްރަމްޕް ވާހަކަފުޅު ދެއްކެވުމާ ގުޅިގެން އެ ކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވާ އެއް ޖަމުޢިއްޔާއަކީ އެންޓި-ޑިފެމޭޝަން ލީގެވެ. “‘ޝައިލޮކް’ މި ބަހަކީ ޔަހޫދީންގެ ދަހިވެތިކަން ސިފަ ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުންދާ ނުރައްކާތެރި ބަދުބަހެއް. ޓްރަމްޕް އެ ބަސް ބޭނުން ކުރެއްވުމުކީ ޔަހޫދީންނާ ދެކޮޅަށް ކުރެއްވި އަމަލެއް އަދި ކަންބޮޑުވާ މައްސަލައެއް،” އެ ޖަމުޢިއްޔާއިން ބުންޏެވެ.
މި ކަމާ މެދު ދެން އެންމެ ހަރުއަޑުން ފާޑުވިދާޅުވެފައިވާ ބޭފުޅަކީ ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ މެންބަރު، ޑޭން ގޯލްޑްމަނެވެ. އޭނާއަކީ ޔަހޫދީއެކެވެ. “މިއީ ކަނޑައެޅިގެން ޔަހޫދީންނަށް އަމާޒުކޮށް ޓްރަމްޕް ބޭނުން ކުރެއްވި ބަހެއް، އެކުރެވުނު ކަންތައް އޭނާއަށް އެނގިވަޑައިގަންނަވާނެ، އޭނާ ވިދާޅުވިއެވެ. މި ކަމާ ގުޅޭ ގޮތުން ޓްރަމްޕާ ނޫސްވެރިން ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ، އެއީ ޔަހޫދީންނަށް އަމާޒުކޮށް ބޭނުން ކުރާ ބަދުބަހެއް ކަން ކުރިން އެނގިވަޑައިގަންނަވާފައި ނުވާ ކަމުގައެވެ. “ނޫން، އަޅުގަނޑު މީގެ ކުރިން ތިޔަ ގޮތަށް އަޑެއް ނާހަން. މީހަކީ ޝައިލޮކެކޭ ބުނަނީ އޭނާއަކީ މަތީ [އިންޓްރެސްޓް] ރޭޓުތަކުގައި ފައިސާ ދޫކުރާ މީހެކޭ ބުނުމުގެ ގޮތުން. ތިޔަ ބޭފުޅާގެ ޚިޔާލު އަޅުގަނޑުގެ ޚިޔާލާ ތަފާތު. ތިޔަ ގޮތަށް ކުރިން އަޑެއް ނާހަން،” އޭނާ ވިދާޅުވިއެވެ.
ޝައިލޮކް، މި ބަސް ބޭނުން ކުރައްވައިގެން ޓްރަމްޕް ހޫނުފެނަށް ވެއްޓިވަޑައިގަންނަވާފައިވީ ނަމަވެސް، އޭނާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ފަލަސްޠީނުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤާތުލުޢާންމާއި، ލުބްނާންގެ އިތުރުން އީރާނާއި ސޫރިޔާއާއި ޔަމަންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެ މީހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަމުން ގެންދަވަނީ ޓްރަމްޕެވެ. އަދި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތަކާއި، އެކުވެރި ދައުލަތްތައް (އދ)ގައި ޔަހޫދީންނާ ދެކޮޅަށް ނިންމާ ނިންމުންތަކުން އެ މީހުން ޙިމާޔަތް ކޮށްދެމުން ދަނީ ޓްރަމްޕްގެ ސަރުކާރުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
