
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ މިނިވަން ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ޕަލަސްޓައިން އެކްޝަން ގުރޫޕަށް ނިސްބަތްވާ 20 މެންބަރުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހައްޔަރު ކޮށްފިއެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ ނިރުބަވެރިކަން މަނާކުރާ ޤާނޫނު ދަށުން އެ ޖަމުޢިއްޔާއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ކަނޑައެޅުމާ އެކުގައެވެ. އެ ގުރޫޕަށް ނިސްބަތްވާ 20 މީހުން ހައްޔަރު ކޮށްފައި ވަނީ ނިރުބަވެރި ކަމުގެ ތުހުމަތުގައެވެ. ޕަލަސްޓައިން އެކްޝަން ގުރޫޕަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ކަނޑައަޅާފައި ވަނީ، އެ ޖަމާޢަތަށް ނިސްބަތްވާ މެންބަރުންތަކެއް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަކަށް ވަގަށް ވަދެ، އެ ތަނުގައި އޮތް ދެ މަތިންދާބޯޓަކަށް ގެއްލުން ދިނުމާ ގުޅިގެންނެވެ. އެއީ، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވެ، އިނގިރޭސި ސަރުކާރުން އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔުމާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ބުނާ ގޮތުން، މަނާ ކޮށްފައިވާ ޖަމާޢަތަކަށް ހިތްވަރުދިނުމާއި، އެ ފަދަ ޖަމާޢަތެއް ބަލައިގަތުމާއި، އެ ޖަމުޢިއްޔާގެ ލޯގޯ ނުވަތަ ޝިޢާރު ބޭނުން ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއްގެ އަދަބަކީ 14 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން، ނުވަތަ ޖޫރިމަނާ ކުރުމެވެ. ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި ކަނޑައަޅައި، އިނގިރޭސި ސަރުކާރުން މަނާ ކޮށްފައިވާ ޖަމާޢަތްތަކުގެ އަދަދު 81އަށް އަރައެވެ. އޭގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސްގެ އިތުރުން ނިރުބަވެރި ޖަމާޢަތްތައް ކަމުގައިވާ އަލް-ޤާޢިދާއާއި އައިއެސް ހިމެނެއެވެ. ޕަލަސްޓައިން އެކްޝަން ގުރޫޕުގެ ހަރަކާތްތައް މަނާ ކުރުމަށް އިނގިރޭސި ސަރުކާރުން ނިންމުމާ އެކު، އެ ޖަމާޢަތަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ބަޔަކު ވަނީ ޤާނޫނު ހަދާ މަޖިލިސް ކައިރިއަށް އެއްވެ، ނުރުހުން ފާޅު ކޮށްފައެވެ. އަދި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، އިނގިރޭސި ސަރުކާރުން އެ ކަމަށް ހިތްވަރު ދިނުމާއި ބައިވެރިވުން ކުށްވެރި ކޮށްފައެވެ. ފުލުހުން ވަނީ އެ އެއްވުން ރޫޅައިލައި، ބައެއް ބައިވެރިން ހައްޔަރަށް ގެންގޮސްފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ތަޖުރިބާކާރުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުން ދަނީ ޔަހޫދީންގެ ޖަރީމާތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެ މީހުންނަށް މަދަދުވެރިވަމުންނެވެ. އިނގިރޭސި ސަރުކާރުން ބުނީ، އެ ކަމާ ދެކޮޅަށް އަޑުއުފުލުގެ ގޮތުން ޕަލަސްޓައިން އެކްޝަން ގުރޫޕުން ހިންގަމުންދާ ހަރަކާތްތަކަކީ ނިރުބަވެރި ކަމުގެ އަމަލުތަކެއް ކަމުގައެވެ. ނަމަވެސް، ތަޖުރިބާކާރުން އެ ތުހުމަތަށް އިންކާރު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
