
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސިވިލާތާއި ސޫރިޔާއާ ދެމެދު އަލުން ޚާރިޖީ ގުޅުން ޤާއިމުކޮށްފިއެވެ. އެ ކަން ފާހަގަ ކުރެއްވުމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލާމީ ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަޑައިގަންނަވައި، އެ ޤައުމުގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުގެ އިސް ވެރިންނާ ބައްދަލު ކުރައްވާފައެވެ. އަދި، ސޫރިޔާއަށް އެހީގެ ގޮތުގައި 129 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައެވެ. އިނގިރޭސިވިލާތުން ސޫރިޔާއާ ގުޅުން ކަނޑައިލާފައި ވަނީ މީގެ 14ވަރަކަށް އަހަރު ކުރިން އެ ޤައުމުގައި ފެށި އަހުލީހަނގުރާމައާ ގުޅިގެންނެވެ. އެއިރު، ވެރިކަމުގައި ހުންނެނީ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދެވެ. ނަަމަވެސް، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހު އެޗްޓީއެސުން ވަނީ ބަޣާވާތެއްކޮށް، އަސަދު ވެރިކަމުން ދުރުކޮށްފައެވެ. އެޗްޓީއެސްގެ ފައުޖުތަކުން ދިމިޝްޤަށް އަރައިގަތުމާ އެކު އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯގެ ޙިމާޔަތް ހޯއްދަވާފައެވެ.
ސޫރިޔާގައި ވެރިކަން ކުރާ އަސްކަރީ ސަރުކާރުގެ ރައީސްގެ މަޤާމު ފުރަނީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ. އަހުލީހަނގުރާމައާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ސޫރިޔާ އެކަހެރިކޮށްލާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް އޭނާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ކެނޑިފައިވާ ގުޅުންތައް އަލުން ރުޖޫއަ ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. “ސޫރިޔާގެ ރައްޔިތުންގެ އުންމީދުތައް ވަނީ އައުވެފައި. ސޫރިޔާގެ ރައްޔިތުންނަށް ޓަކައި ހަމަޖެހުން ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވާގިވެރިވުމާއި، [ސޫރިޔާ] އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މަސްލަޙަތާ ގުޅިފައި އޮތް ކަމެއް،” ލާމީ ވިދާޅުވިއެވެ.
މިއީ، ފާއިތުވި 14 އަހަރުގެ ތެރޭގައި އިނގިރޭސި ސަރުކާރުގެ ވަޒީރަކު ސޫރިޔާއަށް ދަތުރުފުޅެއް ކުރައްވާފައިވާ ފުރަތަމަ ފަހަރެވެ. ލާމީ ދިމިޝްޤަށް ވަޑައިގަންނަވާފައި މި ވަނީ، ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވައިލުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. އެ ނިންމުމާ އެކު، ބައިނަލްއަޤްވާމީ މާލީ ނިޒާމުން ސޫރިޔާ އެކަހެރި ކޮށްފައި އޮތް އޮތުމަށް ނިމުމެއް އައިސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ހަނގުރާމައަށް ފަހު ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ލިބިގެންދާނެއެވެ. އިނގިރޭސިވިލާތުން ވެސް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އޭޕްރިލް މަހުގެ ތެރޭގައި އުވައިލާފައެވެ. އަދި، އެ ޤައުމުގެ ބޭންކުތަކުގައި ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައި ހުރި ސޫރިޔާގެ މުދަލާއި ފައިސާ ދޫކޮށްލުމަށް ނިންމާފައެވެ. އޭގެ ތެރޭގައި، ސޫރިޔާގެ މަރުކަޒީ ބޭންކުގެ އިތުރުން އަމިއްލަ ބޭންކުތަކާއި ތެޔޮ ކުންފުނިތައް ހިމެނޭހެން ތަފާތު 23 ފަރާތެއްގެ މުދަލާއި ފައިސާ ހިމެނެއެވެ.
އިނގިރޭސިވިލާތުން ބުނީ، ލާމީގެ ދަތުރުފުޅުގައި އިޢުލާނު ކުރައްވާފައިވާ 129 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީގެ ޕެކޭޖުގެ ބޮޑު އިންސައްތައެއް ޚާއްޞަކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ނިކަމެތިކަމާ ކުރިމަތިލާން ޖެހިފައިވާ އެތަކެއް މިލިޔަން ބަޔަކަށް ފޯރުކޮށްދިނުމަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނަށް ކަމުގައެވެ. އަދި، ދުރު-ރާސްތާގެ ރޭވުމެއްގެ ދަށުން ސޫރިޔާގެ ތަޢުލީމީ ނިޒާމު ފަދަ ދާއިރާއަށް އަލުން އާރާސްތު ކުރުމަށް އެ ޕެކޭޖުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގައި ވެސް އިނގިރޭސި ސަރުކާރުން ބުންޏެވެ. ލާމީ ވިދާޅުވީ، ސޫރިޔާގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް އެތަކެއް ފައިދާތަކެއް ކުރާނެ ކަމެއް ކަމުގައެވެ. މި ގޮތުން، ވިލާތުގެ ޤައުމުތަކަށް ނުޤަވާޢިދުން ހިޖުރަ ކުރާ ސޫރިޔާގެ ރައްޔިތުންގެ އަދަދު ކޮންޓުރޯލު ކުރެވުމާއި، ނުރައްކާތެރި ކެމިކަލް ހަތިޔާރުތައް ނައްތައިލުމާއި، ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ހަރުދަނާ ކުރެވިގެން ދިޔުން އޭނާ ފާހަގަ ކުރެއްވިއެވެ. ދިމިޝްޤަށް ކުރެއްވި ދަތުރުފުޅުގައި ލާމީ ވަނީ ޝަރާޢުގެ އިތުރުން އެޗްޓީއެސް ސަރުކާރުގެ ޚާރިޖީ ވަޒީރު ޢާޛާދު ޙަސަން އަލް-ޝަޔިބާނީއާ ބައްދަލު ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
