
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް (23 ކުލަބު) ގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ މަހިނބަދޫ ދާއިރާގެ މެންބަރު އަދި ގައުމީޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) ފޯމު ހުށަހަޅުއްވައިފިއެވެ. އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމަށް އޭނާ ފޯމު ހުށަހެޅުއްވީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކުއެވެ.
އެކްސްކޯގައި ހިމެނުމަށް ހުށަހަޅުއްވާފައިވާ މެންބަރުން:
1- ރައީސް: އަހްމަދު ތާރިޤް
2- ސީނިއަރ ވީޕީ: އަލީ އިބްރާހިމް (ނިއު)
3- ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)
4- ވީޕީ: މުޖުތަބާ ޖަލީލް (ނިއު)
5- އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)
6- މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)
7- އަޙްމަދު އައްބާސް (ޓީސީ)
8- އަލީ ރިޒްވާން (ބީޖީ)
9- އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު
10 އަންހެން މެންބަރު: ހައްވާ ރަޝީދާ
11- އަބްދުﷲ ނާސިޙް (އޮޑި)
އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ މި މަހުގެ 26 ގައެވެ. ރާއްޖޭގެ ފުޓްބޯޅަ އިދާރާ އަލުން ކޮޅަށް ޖެހުމާއި އަތޮޅުތެރޭގެ ހަރަކާތްތެރިކަން އިތުރުކޮށް ފުޓްބޯޅަ ކުރިން އޮތް މަގާމަށް ގެނެސްދެއްވުމަށް އައު ހިންގާ ކޮމިޓީއަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ޓޮމް އެފްއޭއެމުގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މީގެ ކުރިންވެސް މަސައްކަތް ކުރެއްވިއެވެ. އެކި ސަބަބުތަކަައި ހުރެ އިންތިހާބު ނުބޭއްވި މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން ފީފާއިން ވަނީ އެފްއޭއެމް ނޯމަލައިޒްކޮށްފައެވެ. އެފްއޭއެމުގެ އިންތިހާބު މިދިޔަ ދޮޅު އަހަރު ތެރޭގައި ވަނީ ދެ ފަހަރަށް ނުބޭއްވި ފަސްވެފައެވެ.
އެންމެ ފަހުން ފީފާއިން ވަނީ މީގެ އެއް އަހަރު ކުރިން އެފްއޭއެމުގެ ރައީސް ކަމުގައި ހުރި ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށްފައެވެ. އަދި އިސްލާހުކުރި ގަވާއިދުގެ ދަށުން ބައްސާމަށް ވަނީ މިފަހަރު އިންތިހާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއް ބަންދުވެފައެވެ. ބައްސާމް ސަސްޕެންޑްކުރީ ހިޔާނާތާއި ހިންގުމުގެބައިވަރު މައްސަލަތަކާހުރެއެވެ. އޭނާއާ ދެކޮޅަށް ގިނަ ދައުވާތަކެއް ވެސް ވަނީ ރާއްޖޭގެ ކޯޓުތަކުގައި އުފުލާފަ އެވެ. ބައްސާމަށް ފަހު އެފްއޭއެމުގެ ރައީސް ކަމަށް ވާދަކުރައްވަން މަސައްކަތް ކުރެއްވީ ކުލަބު އީގަލްސްގެ ފަރާތުން މުފާވިޒް ހާޝިމެވެ. އެ ފަހަރުގެއިންތިހާބު ކެންސަލްވުމުން ދެ ވަނަ ފަހަރަށް ކުރިމަތިލެއްވީ އަނެއްކާވެސް ބައްސާމެވެ. އެ ފަހަރު ބާއްވަން އުޅުނު އިންތިހާބު ސައްހަ ނޫން ކަމަށް ނިންމީ ފީފާއިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
