
އެމެރިކާގެ މޭޖަރ ލީގުގައި ރޭ މޮންޓްރިއާލް އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗުގައި ލިއޮނެލް މެސީ ޖެހި ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ ކާމިޔާބުކޮށްފި އެވެ. އެއް މަސް ދުވަހަށްފަހު އިންޓަރ މަޔާމީ އިން މޭޖަރ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު, އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގަ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގައި އިންޓަރ މަޔާމީ ވާދަކުރުމާއިއެކު ލީގުގެ ގިނަ މެޗުތަކެއް އިންޓަރ މަޔާމީ ކުޅެފައިވަނީ މަދުންނެވެ. އެގޮތުން އެއް ވަނައިގައި އޮތް ސިންސިނާޓީ 21 މެޗު ވަނީ ކުޅެފަ އެވެ.
މި މެޗުގެ ދެވަނަ މިނިޓުގައި މޮންޓްރިއާލްގެ ޕްރިންސް އޮވޫސޫ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް މެޗުގެ 33 ވަނަ މިނިޓުގައި ޓަޑެއޯ އަލެންޑޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ އިންޓަރ މަޔާމީއަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 15 ވަނަ މިނިޓުގައި ޓެލަސްކޯ ސެގޯވިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ލުއިސް ސުއަރޭޒް ދިން ޕާހަކުން ލިއޮނެލް މެސީ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން އިންޓަރ މަޔާމީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
