
(ފޮޓޯ ކްރެޑިޓްސް: އޭއެފްސީ)
އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި އިއްޔެ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން 5-0 އިން ބަލިވެއްޖެ އެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި، ޔޫއޭއީގެ ފާތިމަތު އަފްޒްރާ ވަނީ ހެޓްރިކް ހަދައިފައެވެ. މިއީ، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކޮޅަށް ހެދި ދެ ވަނަ ހެޓްރިކެވެ. ފުރަތަމަ ހެޓްރިކް ހެދީ ގުއާމްގެ ފޯވާޑް، ރެބެކާ ބާޓޯޝްއެވެ. ދެން ޔޫއޭއީ އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ފާތިމާ ޖަސެމް އާއި މައިތާ އަލްހަމްޒީ އެވެ.

(ފޮޓޯ ކްރެޑިޓްސް: އޭއެފްސީ)
ވިއެޓްނާމްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، އަންހެން ފުޓްބޯޅައިގެ މަތީ ފަންތީގެ ގައުމެއްގެ ގޮތުގައި ގުނާ ވިއެޓްނާމް އަތުން ބަލިވީ 7-0 އިންނެވެ. ދެ ވަނަ މެޗުގައި، ރާއްޖޭން ގުއާމާ ދެކޮޅަށް އަންހެން ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ނުކުމެ، ބަލިވީ 3-0 އިންނެވެ. ރާއްޖެ ހިމެނޭ ގްރޫޕުން އަންނަ އަހަރު އޮސްޓްރޭލިއާގައި ކުޅޭ އޭޝިއަން ކަޕަށް ކޮލިފައިވީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ވިއެޓްނާމް އެވެ. އެންމެ ފަހުން އޮތް އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު ވިއެޓްނާމް އިން ގްރޫޕްގެ ފަހު މެޗުގައި ގުއާމް ބަލިކުރީ 4-0 އިންނެވެ. ރާއްޖެ އަތުން ބޮޑު މޮޅެއް ހޯދިއިރު، ޔޫއޭއީ ބަލިކުރީ 6-0 އިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
